މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުގެ މަގާމަށް އަވަސް އޮންލައިންގެ އަޙްމަދު ނާއިފް ހޮވިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުގެ މަޤާމަށް އަވަސްއޮންލައިންގެ އަޙްމަދު ނާއިފު އިންތިޚާބުކޮށްފިއެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި އިންތިޚާބުގައި ވާދަކުރެއްވީ 2 ކެނޑިޑޭޓުންނެވެ. އެއީ އަވަސް އޮންލައިންގެ އަޙްމަދު ނާއިފާއި ނޫނު އިންފޯގެ އަޙްމަދު ނައުޝާދެވެ. އަޙްމަދު ނާއިފަށް ލިބިލެއްވީ 63 ވޯޓެވެ.

މިއިންތިޚާބުގައި ވޯޓްލީ 72 މީޑިއަކުންނެވެ. ނަމަވެސް ވޯޓުލުމަށް 85 މީޑިއާއަކުން ރަޖިސްޓްރީކުރިއެވެ..