މީޑިއާ ކައުންސިލަށް މީޑިއާގެ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު މިއަދު އޮންނާނެ

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު 14:00 ން 15:00 ށް މިއަދު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.

މީޑިއާގެ މަގާމަށް ވާދަކުރައްވަނީ އަވަސް އޮންލައިން ނޫހުގެ ފަރާތުން އަޙްމަދު ނާއިފާއި ނޫން އިންފޯގެ ފަރާތުން އަޙްމަދު ނައުޝާދެވެ. މިއިންތިޚާބުގައި ވޯޓުލުމަށް 85 މީޑިއާއަކުންވަނީ ރަޖިސްޓްރީކޮށްފައެވެ.