26 މެއި 2014
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޚާއްޞަޕްރޮގްރާމްތަކެއް ހިންގާގޮތަށް ހަމަޖެހިއްޖެ
މިއަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޚާއްޞަ ޙަރަކާތްތަކެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ހިންގުމަށް ހަމަޖެހިއްޖެއެވެ. ޝަހީދުންގެ ދުވަހާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ދުވަހާއި ގުޅޭގޮތުން މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލްތަކުގައި ޖަލްސާއެއް ބޭއްވުމާއި، ދިވެހިބަހުގެ އެކަޑަމީއާއި މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި ގުޅިގެން ބައްދަލުވުމެއް ބޭއްވުމާއި ދުވަހާއި ގުޅޭގޮތުން އެމް.
 
21 މެއި 2014
ރިޓަޔަރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާކޮމެޓީގެ ބޭފުޅުން ހޯމްމިނިސްޓަރާ ބައްދަލުކުރައްވައިފި.
ރިޓަޔަރީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާކޮމެޓީގެ ބޭފުޅުން ހޯމްމިނިސްޓަރ އަލްފާޟިލް އުމަރު ނަޞީރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު 9 ޖެހިއިރު ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި އެއެސޯސިއޭޝަންގެ ބޭފުޅުންނަށް މިވަގުތު ދިމާވެފައިވާ ދަތިތަކާއި އެކަމުގައި ސަރުކާރުގެ ފަރާތުން އެހީތެރިކަމަށްއެދި ކަމާގުޅޭ މައުލޫމާތު މިނިސްޓަރ އަށް އެރުވިއެވެ.
 
19 މެއި 2014
50 އަހަރުން މަތީގެ ގައިދީންނަށް ލުއިދިނުމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ނިންމަވައިފި
ރާއްޖޭގެ އެކި ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 50 އަހަރުން މަތީގެ ޢުމުރުން ދުވަސްވީ ގައިދީންނަށް ލުއިގޮތެއް ހޯއްދަވާ ދެއްވުމުގެ ގޮތުން ހުޅުމާލޭ ލުއިޖަލަށް އެގައިދީން ބަދަލުކުރުމަށް ހޯމްމިނިސްޓަރ ޢުމަރު ނަޞީރު ނިންމަވައިފިއެވެ.
 
15 މެއި 2014
ހޯމް މިނިސްޓަރ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މިމަހުގެ 11 ން 13 ގެ ނިޔަލަށް ކުރެއްވި މިދަތުރުފުޅަކީ ސްރީލަންކާގެ އިސްލާމީ މުއައްސަސާއެއް ކަމުގައިވާ ޚަރާއުލް ޚައިރިއްޔާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް، އެކޮލެޖުގެ ރައީސް އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓަރގެ ނައިބު މުޙަންމަދު އިޒުބުﷲ މަހްމޫދޫ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
 
29 އޭޕްރީލް 2014
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާޢިދު ގެޒެޓްކޮށްފި
މިގަވާއިދަކީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނޫ) އާއި ގާނޫނު ނަމްބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ. މިގަވާއިދު ގެޒެޓްކުރުމާ ގުޅޭގޮތުން މިއަދު މިމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢުމަރު ނަސީރު ފާހަގަކުރެއްވި ގޮތުގައި މީހުން މެރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައާއި އަދި ޙުކުމް ތަންފީޒުކުރުމުގެ ކުރިން ޢަމަލުކުރަން ޖެހޭ އިޖުރާއާތުތަކެއް މިގަވާއިދުގައި ބަޔާންކޮށްފައިވާނެ އެވެ.