15 މެއި 2014
ހޯމް މިނިސްޓަރ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިމިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މިމަހުގެ 11 ން 13 ގެ ނިޔަލަށް ކުރެއްވި މިދަތުރުފުޅަކީ ސްރީލަންކާގެ އިސްލާމީ މުއައްސަސާއެއް ކަމުގައިވާ ޚަރާއުލް ޚައިރިއްޔާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް، އެކޮލެޖުގެ ރައީސް އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓަރގެ ނައިބު މުޙަންމަދު އިޒުބުﷲ މަހްމޫދޫ ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
29 އޭޕްރީލް 2014
މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވާޢިދު ގެޒެޓްކޮށްފިމިގަވާއިދަކީ ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނޫ) އާއި ގާނޫނު ނަމްބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދެކެވެ.
މިގަވާއިދު ގެޒެޓްކުރުމާ ގުޅޭގޮތުން މިއަދު މިމިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢުމަރު ނަސީރު ފާހަގަކުރެއްވި ގޮތުގައި މީހުން މެރުމުގެ މައްސަލަތައް ތަހުގީގުކުރުމުގައާއި އަދި ޙުކުމް ތަންފީޒުކުރުމުގެ ކުރިން ޢަމަލުކުރަން ޖެހޭ އިޖުރާއާތުތަކެއް މިގަވާއިދުގައި ބަޔާންކޮށްފައިވާނެ އެވެ.