Ministry of Home Affairs

05 ސެޕްޓެމްބަރ 2012
މިނިވަން ދުވަހުގެ ކުޅިވަރުތައް ހޮނިހިރު ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިއަހަރު މިނިވަން ދުވަހުގެމުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުކުޅިވަރު ހަރަކާތްތަކެއް ރޯދަމަހާ ދިމާވުމާގުޅިގެން ފަސްކުރުމަށްފަހު އަންނަ  ހޮނިހިރު ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މިއަހަރުގެދަނޑުހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ.
 
28 އޯގަސްޓް 2012
ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދާ ސަލާމަތްކުރުމަށް އެލް.ޖީ.އޭ ގެ ރައީސް ގޮވާލައްވައިފި

ކައުންސިލްތަކުން ސަރުކާރާ ރައްޔިތުންގެ މުދަލާ، ރަށުގެ އަމާންއަމާންކަން ދެމެހެއްޓުމަށް އެދި އެލް.ޖީ.އޭ ގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ.މުޙަންމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.

 
13 އޯގަސްޓް 2012
ރަށު ކައުންސިލްތައް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތު އެއްބަސްވުުމުގައި ސޮއިކޮށްފި
ލޯކަލް ގަވަރުމެންޓް އޮތޯރިޓީއާއި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކޮނޮލްޖީ ގުޅިގެން ރަށު ކައުންސިލްތައް ކޮމްޕިއުޓަރު ވިއުގައަކުން ގުޅާލުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ ހިދުމަތްތައް ރަށު ފެންވަރެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ރަށު ފެންވަރުގައި ބެލެހެއްޓޭ މައުލޫމާތުތައް ސަރުކާރުގެ މުއައްސަސާތަކާ އެކު ހިއްސާ ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ގައުމީ ކޮމްޕިއުޓާ ވިއުގައާއި ރަށު ކައުންސިލްތައް ގުޅާލުމުގެ އެއްބަސްވުމުގައި ދިރާގާއި އެލްޖީއޭ އާއި އެންސީއައިޓީ އާ ދެމެދު ސޮއިކުރީ އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
 
13 އޯގަސްޓް 2012
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދަނޑުގެ ކުޅިވަރު ބާއްވާނެ ތާރީޚެއް ހަމަޖެހިއްޖެ
މިއަހަރު މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑުކުޅިވަރު ހަރަކާތްތަކެއް ރޯދަމަހާ ދިމާވުމާގުޅިގެން ފަސްކުރުމަށްފަހު އަންނަ ސެޕްޓެމްބަރ މަހު 6 ވަނަ  ދުވަހުގޭ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
 
09 އޯގަސްޓް 2012
މިނިސްޓަރ އޮފް ހޯމއެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާ ވަޑައިގެންފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ރޭ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ ހޯމްމިނިސްޓްރީއާއި ފުލުހުންނާ ގުޅޭ ބައެއްކަންކަން ހަމަޖެއްސެވުމެވެ.