09 އޯގަސްޓް 2012
މިނިސްޓަރ އޮފް ހޯމއެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާ ވަޑައިގެންފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ރޭ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ ހޯމްމިނިސްޓްރީއާއި ފުލުހުންނާ ގުޅޭ ބައެއްކަންކަން ހަމަޖެއްސެވުމެވެ.
 
07 އޯގަސްޓް 2012
ސައުތު އޭޝިއަން ފޮރ ހިއުމަންރައިޓްސް މިޝަންގެ މެންބަރުންނާ ހޯމްމިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަޙުމަދު ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ސައުތު އޭޝިއަން ފޮރ ހިއުމަންރައިޓްސްގެ މިޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު މިމިނިސްޓްރީގެ ކޮންފަރެންސް ރޫމްގައި ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ކުރެއްވި ސުވާލުތަކަށް މިނިސްޓަރ ޖަވާބުދެއްވިއެވެ.
 
06 އޯގަސްޓް 2012
ހޯމް މިނިސްޓަރ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ފ. ދ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު މިއޯގަސްޓް މަހުގެ 2ން 5ށް ފ. ދ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ލޯކަލް ގަވަރމަންޓްގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ހޯމް މިނިސްޓަރގެ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެކެވެ.
 
30 ޖުލައި 2012
މިނިވަންދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފި
ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން މިނިވަންދުވަހުގެ މުނާސަބަތުގައި ސްކޫލް ކުދިންގެ ވާހަކަދެއްކުމުގެ މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދެވުނީ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު 5 ސްކޫލަށެވެ.

 
29 ޖުލައި 2012
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވައިފި
މިއަހަރު މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބާއްވައިފިއެވެ. މިނިވަންދުވަގެ ރަސްމީ ޕްރޮގްރާމް ފެށިގެންދިޔައީ ޖުލައި 25 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން ބޭއްވެވި ރަސްމީ ޙަފްލާއިންނެވެ.