27 ޖެނުއަރީ 2013
ހޯމްމިނިސްޓްރީގެ ވެރިންނަށް އާ އަހަރުގެ ޓާގެޓް ކަނޑައަޅާނެ ގޮތާއި އެޕްރައިޒަލް ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަރވިސް ކޮމިޝަނުންދީފި
ހޯމް މިމިނިސްޓްރީގެ ސެކްޝަން، ޔުނިޓް އަދި ޑިވިޜަން ތަކުގެ ވެރިންނާއި އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ސްޕަވައިޒަރުންނަށް ފާއިތުވި އަހަރުގެ އެޕްރައިޒަލް ފޯމްފުރާނެ ގޮތުގެ މަޢުލޫމާތު ސިވިލްސަވިސް ކޮމިޝަނުން ދީފިއެވެ.
 
22 ޖެނުއަރީ 2013
ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ޤައުމީ ދުވަހުގެ ޝިޢާރު ބޭނުންކުރައްވާގޮތަށް ހަމަޖައްސަވައިފި
2013 ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ލިޔުންތަކުގައި އެކިއެކި ޝިއާރު ބޭނުންކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ކަނޑައެޅުއްވިއެވެ. މިގޮތުން 1434 ވަނަ އަހަރުގެ ޤައުމީ ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި ބޭނުންކުރުމަށް ޝިޢާރެއް ކަނޑަ އެޅުއްވިއެވެ.
 
21 ޖެނުއަރީ 2013
ޖަމްޢިއްޔާތަކުގެ ގަވާއިދުގެ ދަށުން ކްލަބް ޖަމްއިއްޔާ ހިނގި ގޮތުގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބުގައި ހިމަނާނެ ބައިތައް ޖަމްޢިއްޔާ ސެކްޝަނުން ހާމަކޮށްފި
ކްލަބް ޖަމްޢިއްޔާތަކުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ކޮންމެ ޖަމްޢިއްޔާއަކުންވެސް ކޮންމެ އަހަރެއްގެ މާޗްމަހުގެ ކުރިން އެޖަމްޢިއްޔާއެއް ހިނގިގޮތާއި އެޖަމްޢިއްޔާގެ މަސައްކަތުގެ އަހަރީ ރިޕޯޓާއި ނިމިދިޔަ އަހަރުގެ އަހަރީ ހިސާބުގައި ހިމަނާނެ ބައިތައް ހޯމް މިނިސްޓްރީން ހާމަކޮށްފިއެވެ.
 
20 ޖެނުއަރީ 2013
ދެ އަހަރުވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ޖަމްޢިއްޔާތަށް އުވާލަން ނިންމައިފި
ފެބްރުއަރީ 24 ގެ ނިޔަލަށް ދެއަހަރުވަންދެން އަހަރީ ރިޕޯޓާއި އަހަރީ ހިސާބު ހުށަނާޅާ ޖަމްޢިއްޔާތަށް އުވާލަން ހޯމްމިނިސްޓްރީން ނިންމައިފިއެވެ. މިމިނިސްޓްރީން މިކަން ހާމަކުރެއްވީ 26 ޑިސެމްބަރ 2012 ގެ ޢާންމުކުރެއްވި އިޢުލާނަކުންނެވެ.
 
20 ޖެނުއަރީ 2013
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި މިހާތަނަށް 35 ކުދިން އަނބުރާ މުޖްތަމަޢަށް ގެނެވިއްޖެ
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި، ކުޑަކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމުގެ ޕްރޮގްރާމްތަކުގައި 42 ކުއްޖަކު ބައިވެރިވެ، 35 ކުއްޖަކު މުޖްތަމަޢުއަށް އަނބުރާ ގެނެވިފައިވާ ކަމަށް އެޔުނިޓުން ހާމަކޮށްފިއެވެ.