01 އޯގަސްޓް 2019
"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލުން
"ދިވެހި ސިޔާސީ ތާރީޚު ދެނެގަތުން" ވޯކްޝޮޕްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއާފެއާޒުން މީޑިއާތަކަށް އަމާޒުކޮށް ދިވެހި ތާރީޚާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޤައުމީ ކަންކަމުގައި ނޫސްވެރިންގެ މައުލޫމާތު މުއްސަނދިކޮށް، ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ނޫސްވެރިންގެ ދައުރު ފުޅާކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެކެވެ.
 
30 ޖުލައި 2019
ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކޮށްފި
ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ ދުވަސް ފާހަގަކުރުމަށް މިއަދު އަތުގުޅާލުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. މާލޭގައި މިހަރަކާތްކުރިއަށްގެންދިޔައީ މާލެ ވަށައިގެން ބޮޑުތަކުރުފާނުމަގުގައެވެ. މާލޭގައި ބޭއްވި އަތުގުޅާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މުއައްސަސާތަކުގެ ވެރިންން ބައިވެރިވެވަޑައިގެންނެވިއެވެ.
 
26 ޖުލައި 2019
މިނިވަންދުވަހުގެ ހެވިކަމާ ކުޅިވަރުތައް ބާއްވައިފި
މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރު ރަސްމީ ސްޓޭޑިއަމްގައި މިރޭ ބާއްވައިފިއެވެ. ހެވިކަމާ ކުޅިވަރު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
 
24 ޖުލައި 2019
ފުޅަނދުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯމް މިނިސްޓަރ ބައްލަވާލައްވައިފި
މިނިވަން ދުވަހަށް ސަރުކާރުގެ ކުންފުނިތަކުން ތައްޔާރުކުރަމުންދާ ފުޅަނދުތަކުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ބައްލަވާލައްވައިފިއެވެ. ބައެއް ކުންފުނިތަކުން ފުޅަނދުތައް ތައްޔާރުކުރާ ޞަރަހައްދުތަކަށް ވަޑައިގެން، މިނިސްޓަރ ވަނީ މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތާއި، ފުޅަނދުގެ މައުލޫމާތު ހޯއްދަވާފައެވެ.
 
21 ޖުލައި 2019
ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރު މިނިވަންދުވަހު ފުޅަނދުބުރު އޮންނާނެ
މިއަހަރުގެ މިނިވަންދުވަހު ފުޅަނދުބުރު އޮންނާނެއެވެ. ފުޅަނދުބުރު މިނެރެނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ފުޅަނދުބުރު އޮންނާނީ މިމަހުގެ 27 ވާ ހޮނިހިރު (އަންނަ ހޮނިހިރު) ދުވަހުގެރޭ މާލޭގެ ބޮޑަތި މަގުތަކުގައެވެ.