27 މެއި 2013
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 13 ވަނަ ބުރުގެ ނިންމުން ފާހަގަކޮށްފި
ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ޖުވެނައިލް ކޯޓު އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޔުނިސެފްގެ އެހީގައި 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 13 ވަނަ ބުރު ގެ ނިމުން މ.މުލީގައި ބާއްވައިފިއެވެ.
 
21 މެއި 2013
ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ސެކްޝަންތަކާ ބައްދަލުކުރައްވައިފި
މިމިނިސްޓްރީގެ އާ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޝަހީބު ސެކްޝަންތަކާ ވަކިވަކިން ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގެ ބޭނުމަކީ އެކިއެކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތް އޮޅުންފިލުއްވާ އެކަމާބެހޭގޮތުން މަޝްވަރާކޮށް މަސައްކަތްހިނގަމުންދާ ގޮތް ބައްލަވާލެއްވުމެވެ.
 
21 މެއި 2013
ތުރުކީގެ ނޭޝަނަލް ޕޮލިސްގެ ބޭފުޅުންނާ ހޯމްމިނިސްޓަރ ބައްދަލުކުރައްވައިފި
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތުރުކީގެ ނޭޝަނަލް ޕޮލިސްގެ ބޭފުޅުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ޕޮލިހުންގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.
 
29 އޭޕްރީލް 2013
ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަހީދާއަށް ހޯމްމިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވަދާއި ހަފްލާއެއް ބާއްވައިފި.
ޕާމަނަންޓް ސެކްރެޓަރީ މަރިޔަމް ވަޙީދާ މުއްދަތު ހަމަކުރައްވައި ވަކިވެ ވަޑައިގަންނަވާތީ، ހޯމްމިނިސްޓްރީގައި ހޭދަކުރެއްވި ދުވަސްތަކުގެ އަގުވަޒަންކޮށް ޝުކުރު ދެންނެވުމަށްޓަކައި ޚާއްޞަ ޙަފްލާއެއް މުވައްޒަފުންގެ ފަރާތުން ބާއްވައިފިއެވެ.
 
17 އޭޕްރީލް 2013
ބެލެނިވެރިކަމުގެ ހުނަރު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ
ސަރުކާރުން ފައްޓަވާފައިވާ މަދަނީ ތަޢްލީމު ޕްރޮގްރާމްގެ ދަށުން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރިއަށް ގެންދާ ބެލެނިވެރިކަމުގެ ހުނަރު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމް (ޕޭރެންޓިންގ ސްކިލްސްގެ ޓްރެއިނިންގ) ގެ ދެވަނަ ޕްރޮގްރާމް ފެށިގެން ކުރިއަށް އެބަދެއެވެ.