19 ޖޫން 2013
ރައްޔިތުންގެ އިމާރާތްތަކާއި ސަރުކާރުގެ އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފި
ރައްޔިތުންގެ ޢިމާރާތްތަކާއި ސަރުކާރުގެ އޮފީސްތަކާއި އިމާރާތްތަކުގައި ހުއްދަނެތި ކުލަލާ އަދި ލޯގޯ ފަދަ ތަކެތި ޖަހާމީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ހޯމްމިނިސްޓްރީން އިޢުލާންކޮށްފިއެވެ. އެއިޢުލާންގައި ބަޔާންކޮށްފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ ޢިމާރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ދޫކޮށްފައިވާ ބިންތަކުގެ ފާރުތަކުގައާއި ޢާންމު ރައްޔިތުންގެ އިމާރާތްތަކާއި ގޭގޭގެ މަގުމަތީ ފާރުތަކުގައި އެފަރާތްތަކުގެ ހުއްދަނެތި ކުލައާއި ދަވާދުލުމާއި، އެކިއެކި ފަރާތްތަކުގެ ލޯގޯއާއި ތަފާތު ލިޔުންތައް ލިޔެމުންގެންދާކަން ވަނީ ފާހަގަކުރެވި، ގިނަ ފަރާތްތަކުގެ ޝަކުވާ ލިބިފައިކަމަށެވެ.
 
09 ޖޫން 2013
ހާކްގެ ފަރާތުން ހެލްތް ޑޭ ފާހަގަކޮށްފި
ހޯމްއެފެއާޒް ރެކްރިއޭޝަން ކްލަބްގެ ފަރާތުން ޑައިބެޓިކް ސޮސައިޓީއާއި ގުޅިގެން މިމިނިސްޓްރީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހެލްތު ޑޭ އެއް ފާހަގަކޮށްފިއެވެ. މިހެލްތު ޑޭގެ މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ހަކުރުބައްޔާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ހަކުރުބަލި ޖެހުމުގެ ނުރައްކާބޮޑީ ކޮންބަޔަކަށްތޯ ބެލުމާއި ހަކުރުބަލީގެ މީހުންނަށް ބައްޔާއިއެކު އާދައިގެ ދިރިއުޅުމަށް އެހީވެދިނުމެވެ.
 
09 ޖޫން 2013
ޖެންޑަރ ހެރޭސްމަންޓާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި
މިމިނިސްޓްރީގެ ފަރާތުން އިސްނަގައިގެން މިނިސްޓްރީގެ މުވައްޒަފުންނާއި މިނިސްޓްރީގެ ދާއިރާތަކުގެ މުވައްޒަފުންނަށް ޖެންޑަރ ހެރޭސްމަންޓާ ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ. މިވޯކްޝޮޕްގައި މަޢުލޫމާތު ދެއްވި ބައިތަކުގެ ތެރޭގައި ޖެންޑަރއަކީ ކޮބައިކަމާއި ސެކްޝުއަލް ހެރޭސްމަންޓްއަކީ ކޮބައިކަމާއި އެހެބިފައިވާ ބައިތަކުގެ މައްޗަށާއި، މުޖްތަމަޢުގައި އަންހެނުންގެ ރޯލަކީ ކޮބައިކަން އަދި ޖެންޑަރ މެއިން ސްޓްރީމާއި ބެހޭގޮތުންނާއި ގެވެށި އަނިޔާ ހުއްޓުވުމާއި ބެހޭ ބިލާއި ބެހޭގޮތުންނެވެ.
 
03 ޖޫން 2013
ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ވަޒީރާ ބައްދަލުކުރައްވައިފި
ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ދަ ރައިޓް އޮނަރަބްލް ސަރ ޑޮނަލްޑް މެކިނަން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢުއާ ބައްދަލުކުރައްވައިފިއެވެ.
 
30 މެއި 2013
ސްރީލަންކާގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ބައްދަލުކުރައްވައިފި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް އެން.ކޭ.އިލާންގް ކޫން އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢު ބައްދަލުކުރައްވައިފިއެވެ.