Ministry of Home Affairs

22 ޑިސެމްބަރ 2013
ހޯމް މިނިސްޓްރީގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށިއްޖެ
މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ 81ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިއަދު ފެށިއްޖެއެވެ. މިގޮތުން، މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ސެކްޝަންތައް ޒީނަތްތެރި ކުރުމުގެ މަސައްކަތް ހޮނިހިރު ދުވަހު ވަރަށް ފޯރިއާއެކު ކުރިއެވެ.
 
22 ޑިސެމްބަރ 2013
އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީން ހިންގުމަށް ކަނޑައަޅާ މަގު ޗާރޓު މިރޭ އިޢުލާން ކުރުން
އާސަރުކާރުގެ ފުރަތަމަ 100 ދުވަހު ޒުވާނުންނަށް އަމާޒުކޮށްގެން ހޯމް މިނިސްޓްރީގެ ދާއިރާއިން ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މަގު ޗަރޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރަސްމިއްޔާތު އޮންނާނީ ފުލުހުންގެ މަރުކަޒެއް ކަމުގައިވާ އިސްކަންދަރި ކޮށީގައި މިރޭ 9 ޖަހާއިރެވެ.
 
19 ޑިސެމްބަރ 2013
މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށައިފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ
ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް ވަރުގަދަ ހަމަލާއެއް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އަލްފާޟިލް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިޑިސެމްބަރ މަހު ފުލުހުން ހިންގި ޙާއްސަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދާ ދެތަނެއް ފުލުހުން އަތުލައިގަތުމާއި ގުޅިގެން ފުލުހުންނަށް ބޭއްވީ ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
15 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމްއެފެއަރޒް ދ.އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް ޢުމަރު ނަޞީރު ދ.އަތޮޅުގެ ރަށްތަކަށް ހަފްތާ ބަންދުގައި ދަތުރުފުޅެއްކުރައްވައިފިއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދ.
 
05 ޑިސެމްބަރ 2013
މިނިސްޓަރ އޮފް ހޯމް އެފެއާޒް ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޓޫރިޒަމް މިނިސްޓަރާ ހަވާލުކުރައްވައިފި.
05 ޑިސެމްބަރ- މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަސީރު 4 ޑިސެމްބަރ ން 9 ޑިސެމްބަރ 2013 ށް ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާވަޑައިގަތުމާ ގުޅިގެން ، މިދަތުރުފުޅު ނިންމަވާފައި އެނބުރި މާލެ ވަޑައިގަންނަވަންދެން މިމިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލް ޢާފޫރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.