25 މާރޗް 2013
ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރާ ހޯމްމިނިސްޓަރ ޑރ. ޖަމީލު ބައްދަލުކުރައްވައިފި
ޕާކިސްތާނު ސާރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފއި ހުންނަވާ ސަފީރު، މިސްޓަރ މުޙަންމަދު ސަޢީދު ޚާންއާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.
 
21 މާރޗް 2013
ޖަލުގައި ތިބި ގައިދީން އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ހެޔޮއެދޭ ފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ގޮވާލައްވައިފި
ރާއްޖޭގެ މުޖްތަމަޢު އިޞްލާޙުކުރުމަށާއި ގައިދީން އަނބުރާ މުޖްތަމަޢަށް ގެނައުމަށްޓަކައި އެއްފަރާތަށް ވުރެ ގިނަފަރާތްތަކުން އެހީތެރިވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ގޮވާލައްވައިފިއެވެ.
 
21 މާރޗް 2013
ޑީ.ޕީ.އާރު.އެސް ގެ ކޯޕަރޭޓިވްސްގެ ފަރާތުން މާފުށީގައި ދެފިހާރައެއް ހުޅުވައިފި
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހަބެލިޓޭޝަން ސަރވިސްގެ ފަރާތުން މާފުށީގައި ދެ ފިހާރައެއް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ހުޅުއްވާ ދެއްވައިފިއެވެ. އިއްޔެ މެންދުރު ހުޅުވުނު މިދެފިހާރައަކީ ޑީ.
 
18 މާރޗް 2013
ޤާނޫނު ތަންފީޒުކުރުމުގައި ނަތީޖާ ނެރެވިއްޖެ ކަމަށް ހޯމްމިނިސްޓަރ ވިދާޅުވެއްޖެ.
ު ތަންފީޒު ކުރުމުގެ ދާއިރާ އިން އެއްވެސް ސަރުކާރަކަށް ނުކުރެވޭހާ ގިނަ މަސައްކަތް ވޭތުވެދިޔަ އަހަރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޑރ. މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ވެލާނާގޭ 2 ވަނަ ފަންގިފިލާގައި މިއަދު ބޭއްވި ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުމެއްގައެވެ.
 
14 މާރޗް 2013
ހޯމްމިނިސްޓްރީގެ ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަސައްކަތްފަށައިފި
މިމިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަސައްކަތްފަށައިފިއެވެ. ސްޓްރަކްޗަރ އަލުން އެކުލަވާލުމުގެ މަގްޞަދަކީ މިމިނިސްޓްރީގެ މިހާރުގެ ސްޓަރަކްޗަރ މެއިންޑޭޓަށް ނުފެތޭތީ މެއިންޑޭޓާ އެއްގޮތަށް އަލުން ސްޓްރަކްޗަރ އެކުލަވާލުމެވެ.