24 މާރޗް 2019
އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީ މުޖުތަމައުއަށް ފައިދާހުރި މީހަކަށްވުން - ހޯމް މިނިސްޓަރ
އުއްމީދަކީ ޖަލަށް ލެވުމަށްފަހު އަނބުރާ ނެރޭ ކޮންމެ ޤައިދީއަކީވެސް މުޖުތަމަޢުއަށް ފައިދާހުރި މީހަކަށްވުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މާފުށި ޖަލުގައި މިއަދު ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް އިފްތިޠާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
 
24 މާރޗް 2019
މާފުށި ޖަލުގައި އުރީދޫ ސްމާޓް ކެމްޕަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިފްތިޠާހުކޮށްދެއްވައިފި
މާފުށީ ޖަލުގައި ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް މިއަދު ތަޢާރަފްކޮށްފިއެވެ. ސްމާޓް ކެމްޕަސް އިފްތިޠާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މިއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، އުރީދޫ މޯލްޑިވްސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ތަޢާރަފްކުރި ޚިދުމަތެކެވެ.
 
21 މާރޗް 2019
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހދ.އަތޮޅު ސްޓޭޓް ހައުސް ހުޅުއްވައިދެއްވައިފި
ހދ.އަތޮޅު ސްޓޭޓް ހައުސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ. ހދ.ކުޅުދުއްފުށީގައި ހުންނަ ސްޓޭޓް ހައުސް ހުޅުވީ މަރާމާތަށްފަހު ބަދަލުތަކެއް ގެނެސްގެންނެވެ. ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާފައިވަނީ 88 ދުވަހުންނެވެ.
 
21 މާރޗް 2019
ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ހުޅުއްވައިދެއްވައިފި
ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ރޭ ހުޅުއްވައިދެއްވައިފިއެވެ. ކުޅުދުއްފުށީ މާރުކޭޓް ޞަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ މިއީ އުއްމީދުތަކެއްގެ ތެރެއިން ޕްލޭންތަކެއް ހެދިގެން، އެކަމަށް ފަންޑް ހޯދިގެން އަމަލީ ގޮތުން މަސައްކަތްފެށިގެން މާރުކޭޓްގެ މަސައްކަތް ނިމުމާ ހަމައަށްދިޔަރޭކަމަށެވެ.
 
19 މާރޗް 2019
"ހަވަލި" ފެއަރއަށް ދެހާހެއްހާ މީހުން ޒިޔާރަތްކުރި
މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއަށް ދެހާހެއްހާ މީހުން ޒިޔާރަތްކޮށްފިއެވެ. ރޭ ނިމުނު "ހަވަލި" ފެއަރއަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި ސްކޫލްތަކުގެ 250 އެއްހާ ދަރިވަރުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި 12 ސްކޫލެއްގެ ދަރިވަރުން ހިމެނެއެވެ.