05 ނޮވެމްބަރ 2015
ނޫސް ބަޔާން
......
 
04 ނޮވެމްބަރ 2015
އިންޑިޔާ ކަނޑުގެ ޖަޒީރާގެ ތެރޭ އެތައްސަތޭކަ އަހަރުވަންދެން ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަކީ މުއުޖިޒާތެއް ކަމުގައި ބުނެވިދާނެ: މިނިސްޓަރ އުމަރ
"ޤުރުއާނާއި ސުންނަތުގައިވާ މެދުމިނަށް ސަޢޫދިއަރަބިއްޔާ އާއި ދިވެހިރާއްޖޭގައި އަމަލުކުރުން" މި ނަމުގަ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި ބޭއްވި މަހާސިންތާ ޝަރަފްވެރި ކޮށްދެއްވުމަށް ފަހު މިނިސްޓަރ އުމަރު ވިދާޅުވީ އިސްލާމްދީނަކީ ގުލޯބަލް މުޅިދުނިޔެއަށް ނިސްބަތްވާ ދީނެއްކަން ރަމްޒުކޮށްދޭ އެއްހެއްކަކީ ސައުދީގަ އޮތްކަހަލަ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް ދިވެހިރާއްޖޭގައި އޮތްކަމެވެ.
 
02 ނޮވެމްބަރ 2015
ނަޞްރުގެ ދުވަހުގެ މުނާޞަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް
މިއަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ އޮންނާނީ 3 ނޮވެމްބަރ 2015 ވާ އަންގާރަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރާއި ނިޝާން ޢިއްޒުއްދީގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް އަބްދުއްރަޝީދު ޙުސައިންގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
 
29 އޮކްޓޯބަރ 2015
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ
ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. މިޖަލްސާ އޮންނާނީ ނޮވެމްބަރ 3 ވާ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައެވެ.
 
29 އޮކްޓޯބަރ 2015
މިނިސްޓްރީގެ ވަފްދެއް ހއ. ހދ. އަތޮޅަށް ޒިޔާރަތްކުރައްވައިފި
މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ވަފްދެއް ހއ. އަދި ހދ. އަތޮޅަށް މިއޮކްޓޯބަރ މަހުގެ 24 ން 25 ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުގެ މައިގަނޑު މަޤްޞަދަކީ މިދެއަތޮޅުގެ އަތޮޅުގެތައް މަރާމާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމެވެ.