23 ސެޕްޓެމްބަރ 2014
މޯލްޑިވްސް މީޑިިއާ ކައުންސިލް އިންތިޚާބު ފަސްކޮށްފި މި ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިއޮތް މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބު ފަސްކޮށްފިއެވެ. މިއިންތިޚާބު ފަސްކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދައުރު ހަމަވެފައިވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީއިން ހުޅުވާލުމާ ގުޅިގެން ހުށަހެޅި ފޯމުތަކުގައި ވަރަށް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެންނެވެ.
23 ސެޕްޓެމްބަރ 2014
ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރީ ރަޖިސްޓްރީކުރުމަށް ހުޅުވާލައްވައިފި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތައް އަލުން ރީ ރަޖީސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައްވައިފިއެވެ.
މިކަން މިމިނިސްޓްރީން ހާމަކުރެއްވީ މިއަދު ނެރުއްވި އިޢުލާނެއްގައެވެ. މިއިޢުލާންގައި ވާގޮތުން ނޫސްމަޖައްލާ ޝާއިޢުކުރުމާ ބެހޭ ޤަވާޢިދުގެ 13 ވަނަ މާއްދާއާއި ޙަވާލާދީ ރަޖިސްޓްރީ ކޮށްގެން ނެރެމުންދާ ނޫސް މަޖައްލާތަކުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ނެރެފައިވާ ނޫސްމަޖައްލާ ތަކުގެ ކޮޕީ 2014 އޮކްޓޯބަރ 30 ދުވަހުގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން ޖެހެއެވެ.
24 އޯގަސްޓް 2014
ހޯމް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފިމިނިސްޓަރ އޮފް ހޯމްއެފެއާޒް އޮނަރަބްލް ޢުމަރު ނަޞީރު ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އޯގަސްޓް 21 ވަނަ ދުވަހު ފުރާ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ސިންގަޕޫރުގެ ޖަލުތަކަށާއި ރީހެބިލިޓޭޝަން ސެންޓަރުތަކަށާއި އަދި ޕޮލިސް ކޭ 9 ޔުނިޓާ ޑްރަގު އިންފޯސްމަންޓް ޑިޕާޓްމަންޓަށް ޒިޔާރަތް ކުރައްވާނެއެވެ.