17 ޑިސެމްބަރ 2015
"ކަޅުއޮށްފުންމި" މާލެގެނައުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ
މިނިވަން 50 އާއި ގުޅިގެން ބަނދެފައިވާ އޮޑި " ކަޅުއޮށްފުންމި" މާލެ ގެނައުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ. ހއ އުތީމުން ފުރައިގެން ރިޔަލުގައި އަންނަ މި އޮޑި މާލޭ ފަޅަށް ވަންނާނޭކަމަށް ބެލެވެނީ ހުކުރު ދުވަހު ހަވީރު އެވެ.
 
17 ޑިސެމްބަރ 2015
ސްވިޓްޒަރލޭންޑްގެ "ދަ ވީކްލީ" މަޖައްލާއަށް ހޯމް މިނިސްޓަރ ބަސްދީގަތުމެއް ދެއްވައިފި
ސްވިޓްޒަރލޭންޑްގެ "ދަ ވީކްލީ" މަޖައްލާއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް ޢުމަރު ނަޞީރު ބަސްދީގަތުމެއް ދެއްވައިފި އެވެ. ނިއުދިއްލީގައި ހުންނަ ސައުތް އޭޝިއަން ކޮރަސްޕޮންޑަންޓް މިސްޓަރ ވޯލްކަރ ޕަބްސްޓާއި އެކު ކުރިއަށް ގެންދިޔަ މި ބަސްދީގަތުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނެވެ.
 
16 ޑިސެމްބަރ 2015
އުރީދޫ މޯލްޑިވްސްގެ ފައިބަރ އޮޕްޓިކް ކޭބަލްއިން މުޅިރާއްޖެ ގުޅާލުމުގެ މަޟްރޫއޫ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަޞީރު އިފްތިތާހް ކޮށްދެއްވައިފި
އުރީދޫ މޯލްޑިވްސްގެ ފައިބަރ އޮޕްޓިކް ކޭބަލުން މުޅިރާއްޖެ ގުޅާލުމުގެ މަޝްރޫއު މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އުމަރު ނަޞީރު އިފްތިތާހް ކޮށްދެއްވައިފިއެވެ. ހޮޓެލްޖެންގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ރާއްޖޭގައި ދެމުންގެންދާ ބްރޯޑްބޭންޑްގެ ހިދުމަތް ދުނިޔޭގެ ފެންވަރުގައި ތަރައްޤީކުރުމާއި އަދި މިހިދުމަތް ފުޅާކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ މިޕްރޮޖެކްޓްގެ ދަށުން ބްރޯޑްކާސްޓިން ކުންފުނިތަކާއި، އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއްވެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ފުރުސަތުލިބޭނެކަމަށެވެ.
 
08 ޑިސެމްބަރ 2015
މިނިސްޓްރީގެ ވަފްދެއް ލ. އަތޮޅަށް ޒިޔާރަތްކުރައްވައިފި
މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ވަފްދެއް ލ. އަތޮޅަށް މިޑިސެމްބަރ މަހުގެ 5 ން 7 ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުގެ މައިގަނޑު މަޤްޞަދަކީ މިއަތޮޅުގެ އަތޮޅުގެތައް މަރާމާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމެވެ.
 
08 ޑިސެމްބަރ 2015
ރ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކުގެ އިދާރާތައް ހިންގާ އޮފީސް ޢިމާރާތްތައް މަރާމާތުކޮށް އައު ޢިމާރާތްތައް އެޅުމާ ގުޅޭގޮތުންނެވެ.