09 ފެބްރުއަރީ 2016
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓްލުން ފެބްރުއަރީ ތޭރަވަނަ ދުވަހު އޮންނާނެމޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މީޑިއާގެ މެންބަރަކު ހޮވުން 2016 ފެބްރުއަރީ 13 ވާ ހޮނިހިރު ދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.
މިމިނިސްޓްރީން މިކަން ހާމަކޮށް ނެރުނު އިޢުލާންގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން މިހާރު މީޑިއާ ކައުންސިލްގައި މީޑިއާތަކުން ތަމްސީލުކުރާ މީޑިއާތައް ފިޔަވައި، މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުން 2016 ފެބްރުއަރީ 13 ވާ ހޮނިހިރު ދުވަހު 10:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަށް ވަޑައިގެން ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބަޔާންކޮށްފައިވެއެެވެ.