24 ފެބްރުއަރީ 2016
އޭޝިއާ ފައުންޑޭޝަންގެ އެކްސްޕާރޓަކާއި ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފިއޭޝިއާ ފައުންޑޭޝަންގެ ފަރާތުން ކޮމިއުނިޓީ ޕޮލިސިންގ އެކްސްޕަރޓެއް ކަމަށްވާ މރ. ޓޮޑް ވަސޭލް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލު ވުމަކީ އޭޝިއާ ފައުންޑޭޝަންގެ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިންގައިދިނުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްގެ ދަށުން ކޮމިއުނިޓީ ޕޮލިސިންގ ގެ ރެޕިޑް އެސެސްމެންޓް އެއް ހެދުމަށް ހަމަޖެހިފައިވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
22 ފެބްރުއަރީ 2016
ހޯމް މިނިސްޓަރ ޅޮހީ ކައުންސިލާއި ބައްދަލުކުރައްވައިފިމިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ޅޮހި ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ޅޮހީގައި ނެރު ބައްތި ހަރުކުރުމާއި ކައުންސިލް އޮފީސް މަރާމާތުކޮށް ބޮޑުކުރުުމާއި ރަށުގެ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ރަށުގައި ޕާރކެއް ޤާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ރަށު ކައުންސިލަށް ފޯރުކޮށްދިނުުމާއި ގުޅޭގޮތުންނެވެ.
15 ފެބްރުއަރީ 2016
ހޯމް މިނިސްޓަރ އުމަރު ނަޞީރު އެލް ޖީ އޭގެ ސީއީއޯ އާއި ބައްދަލުކުރައްވައިފިމިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ފާރޫޤް މިއަދު ހެނދުނު ބައްދަލު ކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކުގެ މަސައްކަތްތަކުގެ އަގުވަޒަން ކޮށް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާގެ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ.