13 ޖުލައި 2014
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުވެރި ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާ، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ފުރިހަމައަށް ތަބާވުން
ދިވެހިރާއްޖެއަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ މުޢަހަދާތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ ޤައުމެއްކަމަށާއި ދިވެހިސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކުވެރި ޤައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާ، ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ފުރިހަމައަށް ތަބާވުމަށްކަމަށް ހޯމްމިނިސްޓްރީން ބުނެފިއެވެ.
 
08 ޖުލައި 2014
ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ލަވައާއި، ރާގު އަދި ނިޝާން ފަރުމާކުރަން ބޭނުންވެގެން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފި
ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް މުނާސަބަތާއި ގުޅިގެން ލަވައާއި، ރާގު އަދި ނިޝާން ފަރުމާކުރަން ބޭނުންވެގެން ހޯމްމިނިސްޓްރީން ކުރި އިޢުލާންގެ މުއްދަތު އިތުރުކޮށްފިއެވެ. މުއްދަތު އިތުރުކުރީ ވީހާ ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
 
06 ޖުލައި 2014
ސަރުކާރުގެ އެހެން ވުޒާރާތަކުން ކުރަމުންއައި ބައެއް މަސައްކަތް ހޯމްމިނިސްޓްރީ އަށް ބަދަލްކުރައްވައިފި.
ސަރުކާރުގެ ބައެއް ވުޒާރާތަކުން ކުރަމުންއައި ބައެއް މަސައްކަތް ހޯމްމިނިސްޓްރީގެ މަސައްކަތް ތަކުގެ ތެރެއަށް ބަދަލްކުރައްވައިފިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑު ސްޕޯޓްސްއިން ކުރައްވަމުން ގެންދެވި ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރު ބެލެހެއްޓުމާއި އަދި ނޫސްވެރިން ދަފްތަރު ކުރުންވެސް ވަނީ ހޯމްމިނިސްޓްރީގެ މަސައްކަތުގެ ތެރެއަށް ބަދަލްކުރައްވާފައެވެ.
 
18 ޖޫން 2014
ނެދަރލެންޑްސް އަށާއި އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ހޯމްމިނިސްޓަރ މާލެ ވަޑައިގެންފި.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުއްތާ ހޯދުމާށާއި އެއާފޯޓްގައި ބޭނުންކުރުމަށް ބޮޑީޗެކްކުރާ މެޝިން ބެއްލެވުމަށް ހޯމް މިނިސްޓަރ ކުރެއްވި ދަތުރުފުޅައްފަހު ރާއްޖެވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްއަށް ޒިޔާރަތް ކުރެއްވިއެވެ.
 
18 ޖޫން 2014
ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ އިސްވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހޯމްމިނިސްޓަރ ދައުވަތު ދެއްވައިފި.
ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ ސީ.އީ.އޯ މިސްޓަރ ޖެސްޕަރ ސޮކޯއިންމޭކަރސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހޯމްމިނިސްޓަރ އުމަރު ނަޞީރު ދައުވަތު ދެއްވައިފިއެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒް މިޖޫންމަހުގެ 9 ން 16 ށް ނެދަރލެންޑްސްއަށް ކުރެއްވި ދަތުރުފުޅުގައި ނެދަރލެޑްސްގައި ކުއްތާ ގެންގުޅޭ އެންމެބޮޑު މަރުކަޒަށް ޒިޔާރަތްކޮށް މަސްތުވާތަކެތި ހޯދުމުގައި އެހީތެރިވާ ކުއްތާގެ މައުލޫމާތު ހޯއްދެވިއެވެ.