16 ނޮވެމްބަރ 2017
މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބާއްވަން ހަމަޖެހިފައި އޮތް ޖަލްސާ ފަސްވެއްޖެ
މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ، މޫސުން ގޯސްވުމާ ގުޅިގެން މިރޭ ނުބާއްވާގޮތަށް ނިންމައިފިއެވެ. މި ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 17ވަނަ ދުވަހުގެ ރޭ 8:45 ގައި ހެންވޭރު ކާނިވާ ސަރަހައްދުގައެވެ.
 
15 ނޮވެމްބަރ 2017
ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެ
މިއަހަރު ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 1 ރަބީޢުލްއައްވަލް 1439، 18 ނޮވެމްބަރ 2017 (ޤައުމީވިލޭރޭ، ހޮނިހިރުދުވަހުގެރޭ) 8:00 ގައި ޖުމްހޫރީ މައިދާނުގައެވެ.
 
15 ނޮވެމްބަރ 2017
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން މިނިސްޓްރީގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
މޯލްޑިވްސް އިސްލާމިކް ބޭންކުން ސިވިލްސާރވިސް މުވައްޒަފުން މަތީ ތަޢުލީމު ޙާސިލްކުރުމަށްޓަކައި އެބޭންކުގެ ފަރާތުން ދެމުންގެންދާ ލޯނުތަކާއި އަދި މުވައްޒަފުންނާ ގުޅުންހުރި ތަފާތު އެކި ސްކީމްތަކާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
 
11 ނޮވެމްބަރ 2017
ޖުމްހޫރީ ދުވަހުގެ ޖަލްސާ ބާއްވައިފި
ޖުމްހޫރީ ދުވަހުގެ ޖަލްސާ އޮތީ މިރޭ ދަރުބާރުގޭ ރަންނަބަނޑޭތި މާލަމުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދުވެސް މިޖަލްސާގައި ވާހަކަފުޅުދެއްކެވިއެވެ.
 
07 ނޮވެމްބަރ 2017
މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށްވަނީ ހަމަޖެހިފައި
މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރޭ 8:45 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.