25 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ނިމިއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ބޭއްވި ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ނިމިއްޖެއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ޖަމްޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ހުށަހެޅުނެވެ.
 
24 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއަކަށް
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ބާއްވަމުންގެންދާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއެއްގެ މައްޗަށެވެ.
 
23 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ފަށައިފި
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މިއަދު ހެނދުނު 9 ޖެހިއިރު ދަރުބާރުގޭގައި ފަށައިފިއެވެ.
 
22 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މާދަމާ އޮންނާނެ
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މާދަމާ އޮންނާނެއެވެ. މިމަހުގެ 23ން 24 ނިޔަަލަށް ކުރިއަށް ގެންދާ މިމަހާސިންތާ އޮންނާނީ މާދަމާ ހެދުނުން ފެށިގެން ދަރުބާރުގޭަގައެވެ.
 
20 ޖެނުއަރީ 2016
ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް އުރީދޫން ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ދެއްވައިފި
މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް އުރީދުން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު މިއަދު ދެއްވައިފިއެވެ. އުރީދުން ބޭފުޅަކު ވަޑައިގެން ދެއްވި މަޢުލޫމާތު ތަކުގެ ތެރޭގައި އުރީދުން މިހާރު ދެމުންގެންދާ ޚިދުމަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ޚިދްމަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.