17 ސެޕްޓެމްބަރ 2015
"އަމާންވެއްޓެއް ޤާއިމްކުރުމަށާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް" ށ.އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓްގައި އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ހިމެނިފައިވާތީ، މި މިނިސްޓްރީން އިންތިޒާމް ކޮށޮގެން ސެޕްޓޭމްބަރމަހުގެ 14 ން 15 އަށް ށ.ކޮމަންޑޫގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
 
17 ސެޕްޓެމްބަރ 2015
ހދ. ނޭކުރެންދޫ އަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ރަސްމީ ދަތުރުފުޅެއް ކުރައްވައިފި
ހދ. ނޭކުރެންދޫގައި އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ޖަލު މަރާމާތުކުރާނެ ސަރަހައްދު މިނިސްޓަރ ބައްލަވައިލައްވައިފިއެވެ. މި ސަރަހައްދު ބައްލަވާލެއްވުމަށް ފަހު އެތަން ކޮށާ ސާފުކުރަންވީ ހިސާބު މިނިސްޓަރ ވަނީ ފާހަގަކުރައްވާ ކައުންސިލަށް ދައްކަވާފައެވެ.
 
10 ސެޕްޓެމްބަރ 2015
އަޑި ޕާކުގަ ހުރި އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރަނީ
ހެންވޭރު އަޑި ޕާކުގައި ހުރި ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެންޓަނާތައް ހަރުކުރުމަށް އެމްޓީސީސީއިން 5 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.
 
09 ސެޕްޓެމްބަރ 2015
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކްރަޓަރީ އަކަށް އިބްރާހިމް ހަމީދު ހަމަޖައްސަވައިފި
ހޯމް މިނިސްޓްރީގެ ޕަމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް އިބްރާހިމް ހަމީދު ހަމަޖައްސަވައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ މިނިސްޓަރ އުމަރު ނަސީރު އަށް ތަޢާރަފް ކޮށް ދެއްވުމަށްފަހު އޭނާ އެމަގާމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފަ އެވެ.
 
07 ސެޕްޓެމްބަރ 2015
މިނިސްޓަރ ޢުމަރު ނަޞީރު ޕެރޯލްބޯޑުގެ ޗެއަރމަން ޑރ.ހަބީބް އާއި ބައްދަލް ކުރައްވައިފި
ބިނާކުރަނިވި މިބައްދަލުވުމުގައި ޙާއްސަ ސަމާލުކަމެއް ދީގުން ޖަލުތަކުގެ އާބާދީ ކޮންޓުރޯލް ކޮށް، މުޖުތަމަ އަށް ފައިދާހުރި ބަޔެއްގެ ގޮތުގައި ޤައިދީން އަނބުރާ ގެނައުމަށް ޙާއްސަ މަސައްކަތް ތަކެއް ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.