19 ފެބްރުއަރީ 2014
ރ. އިނގުރައިދޫ އާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެ ދެ ރަށުގެ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުވައިދެއްވަައިފި
ރ. އަތޮޅު އިނގުރައިދޫއާއި ނ. ލަންދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް އެދެރަށުގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަން ހުޅުވައިފިއެވެ. މިދެރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރެވެ.
 
18 ފެބްރުއަރީ 2014
ހޯމް މިނިސްޓަރ އުތުރުގެ 5 އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ހދ. ށ. ނ. ރ. ބ މި 5 އަތޮޅުގެ ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިމަހުގެ 18 ން 22 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގައި ފުލުހުންގެ ފަސް މަރުކަޒެއް މިނިސްޓަރ ހުޅުއްވައިދެއްވާނެއެވެ.
 
16 ފެބްރުއަރީ 2014
މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ބައްދަލުވުންތަކެއް ވ. އަތޮޅުގައި ބާއްވައިފި
ރަސްމީ އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ވ. އަތޮޅުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. މިފެބްރުއަރީ މަހުގެ 9 ން 12 އަށް ހިންގި މިޕްރޮގްރާމްގައި ވ.
 
06 ފެބްރުއަރީ 2014
ހޯމް މިނިސްޓަރ ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ދެދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުވުން ހުއްޓުވުމަށްޓަކައި ކުއްތާ ގެނައުމަށްޓަކައި ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރައްވާނެއެވެ.
 
05 ފެބްރުއަރީ 2014
ހޯމް މިނިސްޓަރ ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ހއ. އާއި ހދ. އަތޮޅުގެ ބައެއް ރަށްތަކެއް ދަތުރުފުޅެއް ފައްޓަވައިފިއެވެ. މިމަހުގެ 4 ން 5 ގެ ނިޔަލަށް ކުރިޔަށް ގެންދަވާ މިދަތުރުފުޅުގައި އީއްޔެ ވަޑައިގެންނެވީ ހދ. ނޮޅިވަރަމާއި އެއަތޮޅު ނޮޅިވަރަންފަރަށެވެ.