31 ޖެނުއަރީ 2016
ހޯމް މިނިސްޓަރ ދެކައުންސިލަރަކާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރު ތ. ތިމަރަފުށީ ކައުންސިލާއި ތ. ގުރައިދޫގެ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިދެބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެރަށްރަށުގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންތައްތަކާއި ބެހޭގޮތުންނެވެ.
 
28 ޖެނުއަރީ 2016
އެލް. ޖީ. އޭގެ ރައީސާއި ބ.މާޅޮސް ކައުންސިލްގެ ރައީސް ބައްދަލު ކުރައްވައިފި
ލޯކަލް ގަވރމަންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރާއި ބ.މާޅޮސް ކައުންސިލްގެ ރަައީސް އަލްފާޟިލް ޢަބްދުﷲ ޝުޖާޢު ބައްދަލު ކުރައްވައިފި އެވެ. މިބައްދަލުވުމުގައި ވާހަކަ ދެކިވެފައިވަނީ ރަށުގެ ތަރައްޤީއަށާއި ކައުންސިލްގެ މާލިއްޔަތު ކުރިއެރުވުމަށް ކުރިއަށް ގެންދެވޭ ތަފާތު މަޝްރޫޢުތަކާއި އެކަންތައް ކުރުމަށް ބޭނުންވާ ބަޖެޓް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުންނެވެ.
 
28 ޖެނުއަރީ 2016
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މީޑިއާގެ މެންބަރަކު ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މީޑިއާގެ މެންބަރަކު ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ. އިއްޔެ މިނިސްޓްރީން މިކަން ހާމަކޮށް ނެރުނު އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ތެރެއިން މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ ގޮނޑި ހުސްވެފައިވާތީ އެނގޮޑިއަށް މީޑިއާތަކުން ކުރިމަތިލުމުގެ ފުރުޞަތު 2016 ފެބްރުއަރީ 2 ވާ އަންގާރަ ދުވަހުގެ 14:00 ގެ އާހަމައަށް ވަނީ ހުޅުވާލެވިފައެވެ.
 
27 ޖެނުއަރީ 2016
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މީޑިއާގެ މެންބަރަކު އިންތިޚާބުކުރުން
......
 
26 ޖެނުއަރީ 2016
މީޑިއާތަކަށް އަމާޒުކޮށްގެން މުޖްތަމަޢުގައި ޒިންމާދާރު ގޮތެއްގައި މީޑިޔާ ޙަރަކާތްތެރިވުމާ ބެހޭގޮތުން މަޢުލޫމާތު ސެޝަނެއް ހޯމް މިނިސްޓްރީން ބާއްވައިފި
އަމާށްވެއްޓެއް ޤާއިމުކުރުމަށްޓަކައި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، މީޑިއާތަކަށް އަމާޒުކޮށްގެން މުޖްތަމަޢުގައި ޒިންމާދާރު ގޮތެއްގައި މީޑިޔާ ޙަރަކާތްތެރިވުމާ ބެހޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ސެޝަނެއް މިނިސްޓްރީން އޮފް ހޯމްއެފެއާޒުން ޖެނުއަރީ 25 ވަަނަ ދުވަހުގެ ރޭ ބާއްވައިފިއެވެ.