23 ޖެނުއަރީ 2014
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހޯމް މިނިސްޓަރ ޢަމުރު ކުރައްވައިފި
މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އިންތިޒާމްކުރަންޖެހޭ ކަންކަންކުރުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ޢަމުރުކުރައްވައިފިއެވެ. މީޑިޔާގެ ކުރިމަތީގައި އެއަމުރުގައި ސޮއިކުރެއްވުމަށްފަހު އެއަމުރު ކޮމިޝަނަރ އޮފް ޕްރިޒަން އަޙްމަދު ޝިހާނާ ވަނީ ހަވާލުކުރައްވާފައެވެ.
 
22 ޖެނުއަރީ 2014
ހައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
ޙައްޖު ކޯޕަރޭޝަންގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުކުރެއްވުމުގައި ޙައްޖުކޯޕަރޭޝަންގެ ފަރާތުން އެދިވަޑައިގެންނެވީ، އެކޯޕަރޭޝަންގެ ފަރާތުން 1435 ވަނަ އަހަރު ހައްޖަށް ފޮނުވާ ފަރާތްތަކަށް އެހީތެރިކަށް ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ޓީމެއް ޙައްޖަށްދާ މީހުންނާއެކު ފޮނުވާދިނުމަށެވެ.
 
21 ޖެނުއަރީ 2014
ބްރިޓިޗް ހައިކޮމިޝަނަރާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
ބްރިޓިޝް ހައިކޮމިޝަނަރ މިސްޓަރ ޖޯން ރޭންކިން އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ގުޅުމާބެހޭގޮތުން ވާހަކަދައްކަވާ އަދި އިތުރަށް މިގުޅުން ބަދަހިކުރާނެ ގޮތާއި މެދު މަޝްވަރާކުރެވުނެވެ.
 
20 ޖެނުއަރީ 2014
ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕްލޮޓަރީ މިޝަން އާއި ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕްލޮޓަރީ މިޝަން އާއި ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. މިވަފުދަކީ ރާއްޖޭގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާގޮތް ބެލުމަށްޓަކައި "އީޔޫ އިލެކްޝަން އޮބްޒާވަރ މިޝަން" އެއް ރާއްޖެއަށް އައުމާމެދު ގޮތެއް ނިންމުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއިން ފޮނުވާފައިވާ ވަފުދެކެވެ.
 
18 ޖެނުއަރީ 2014
ނޫސް ބަޔާން
މިއަދު ކުރިއަށްދާ ލޯކައުންސިލް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން އާންމުކޮށްފައިވާ ލިސްޓްތަކުގައި ބައެއްމީހުންގެ ފޮޓޯ ނެތުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަމުގެ ސާފު މަޢުލޫމާތު ހާމަކުރުމުގެ ގޮތުން ދަންނަވަމެވެ.