22 މެއި 2016
އޯއެޗްސީއެޗްއާރުގެ ވަފްދު ހޯމްމިނިސްޓަރއާއި ބައްދަލުކުރައްވައިފި
އޮފީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ވަފްދު މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ޖަލުގައި ތިބި ހައިޕްރޮފައިލްގެ ކުށްވެރިންނާއި ގުޅޭގޮތުންނެވެ.
 
17 މެއި 2016
ހޯމް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ ސްރީލަންކާގެ ލޯ އެންފޯސްމެންޓް އެޖެންސީތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
 
15 މެއި 2016
މެލޭޝިޔާގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ހޯމް މިނިސްޓަރ އާއި ބައްދަލުކުރައްވައިފި
މެލޭޝިޔާގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ހާޖީ ޒުލްކިފްލީ ބިން އުމަރު މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ޖަލުތަކުގެ ނިޒާމާ ގުޅޭގޮތުންނެވެ.
 
12 މެއި 2016
ހޯމް މިނިސްޓަރ ނޭކުރެންދޫ ކައުންސިލުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ހދ. ނޭކުރެންދޫ ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީީ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ ކަންތައްތަކާ ގުޅޭގޮތުންނެވެ.
 
11 މެއި 2016
ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި
ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ. މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ހދ.