12 އޭޕްރީލް 2016
އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ އާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި
އޮސްޓޭލިއާގެ ހައިކޮމިޝަނަރ ބްރައިސް ޑޭވިޑް ހަޗިންސަން އާއި މިނިސްޓަ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ބައްދަލު ކުރައްވައިފިއެވެ. މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކިވެފައިވަނީ ރާއްޖޭގެ ކުށުގެ މާޙައުލު އޮތް ގޮތާ ގުޅޭ ގޮތުންނާއި ދީނީ ގޮތުން ހަރުކަށި ޚިޔާލު ގެންގުޅޭ ފަރާތްތަކުގެ ސަބަބުން ރާއްޖެއަށާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިމަތިވާ ނުރައްކަލާ ގުޅޭ ގޮތުންނާއި ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހާލަތު އޮތް ގޮތުގެ މައްޗަށެވެ.
 
12 އޭޕްރީލް 2016
"ވިޔަނުދިނުން" ސިލްސިލާގެ ދަށުން ނެރޭ ފުރަތަމަ ވާހަކަ ފޮތް ނެރުއްވައިފި
ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމު ކޮށްގެން ސްޓެލްކޯ މާލަމުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި "ވިޔަނުދިނުން" ސިލްސިލާގެ ދަށުން ނެރޭ ފުރަތަމަ ވާހަކަ ފޮތް ކަމުގައިވާ "އަނދަވަޅު" ނެރުއްވައިދެއްވައިފިއެވެ.
 
07 އޭޕްރީލް 2016
ހޯމްމިނިސްޓަރު މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު މީޑިއާ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ކަންތައްތަކާއި ބެހޭގޮތުންނާއި މިހާރު މަޖިލިހަށް ހުށަހެޅިފައިވާ އަބުރާބެހުމުގެ ބިލުގައިހުރި ނޫސްވެރިން ކަންބޮޑުވާ ކަންތައްތަކާއި މީގެއިތުރުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނެވެ.
 
04 އޭޕްރީލް 2016
ޔޫ.އެސް އެމްބެސެޑަރ ހޯމްމިނިސްޓަރާއި ބައްދަލުކުރައްވައިފި
ޔޫ.އެސް އެމްބެސެޑަރ ޑޮކްޓަރ އަތުލް ކެޝަޕް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ ދީނީ ހަރުކަށި ވިސްނުން އޮތްމިންވަރާއި އަދި ދިވެހިފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމާގުޅޭ ގޮތުންނާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށެވެ.
 
04 އޭޕްރީލް 2016
މުވައްޒަފުންގެ ސްކީމް ގައި ބައިވެރި ވުމުގެ ގޮތުން މި މިނިސްޓްރީ އިން ސޮއިކުރައްވައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ "މުވައްޒަފުންގެ ސްކީމް" ގައި މިމިނިސްޓްރީ އިން ބައިވެރިވުމުގެ ގޮތުން ޙައްޖުކޯޕަރޭޝަން އާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި ސްކީމްގައި ބައިވެރި ވުމަށް، މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރެވެ.