04 އޭޕްރީލް 2016
ޔޫ.އެސް އެމްބެސެޑަރ ހޯމްމިނިސްޓަރާއި ބައްދަލުކުރައްވައިފި
ޔޫ.އެސް އެމްބެސެޑަރ ޑޮކްޓަރ އަތުލް ކެޝަޕް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި މިއަދުއޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ ދީނީ ހަރުކަށި ވިސްނުން އޮތްމިންވަރާއި އަދި ދިވެހިފުލުހުންނަށް ބޭނުންވާ ތަމްރީންތައް ދިނުމާގުޅޭ ގޮތުންނާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށެވެ.
 
04 އޭޕްރީލް 2016
މުވައްޒަފުންގެ ސްކީމް ގައި ބައިވެރި ވުމުގެ ގޮތުން މި މިނިސްޓްރީ އިން ސޮއިކުރައްވައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރިއަށް ގެންދާ "މުވައްޒަފުންގެ ސްކީމް" ގައި މިމިނިސްޓްރީ އިން ބައިވެރިވުމުގެ ގޮތުން ޙައްޖުކޯޕަރޭޝަން އާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. މި ސްކީމްގައި ބައިވެރި ވުމަށް، މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރެވެ.
 
28 މާރޗް 2016
ފުލުހުންގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ހޯމް މިނިސްޓަރ އިފްތިތާޙު ކުރައްވައިފި
ފުލުހުންގެ 83 ވަނަ އަހަރީދުވަހުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން މިރޭ 00:00 ގައި ޝަޙީދު ޙުސައިން ޢާދަމް ބިލްޑިންގ ކުރިމަތީގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހޯމް މިނިސްޓަރ ޢުމަރު ނަޞީރެވެ.
 
24 މާރޗް 2016
ޕާކިސްތާނު ދުވަސް ފާހަގަކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފި
76 ވަނަ ޕާކިސްތާނު ދުވަސް ފާހަގަކުރުމުގެ ގޮތުން ޙަފްލާއެއް ބާއްވައިފިއެވެ. މިޙަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި މިޙަފްލާފައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނާއި ރާއްޖެއާއި ދެމެދުގައި ޒަމާނުންސުރެ އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ޕާކިސްތާނުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.
 
22 މާރޗް 2016
ފަރުދީ ޒިންމާ އާދާކުރުމަށްފަހު ހައްޤުގެ ވާހަކަ ދެއްކުން: ހޯމް މިނިސްޓަރ
ރޭ ކ. މާފުށީގައި ބޭއްވުނު މާލެ އަތޮޅު އިނާމުދިނުމުގެ ހަފްލާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގެ ރައީސް އަދި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ދެއްކެވި ވާހަކަ ފުޅުގައި ޤައުމު ތަރައްގީ ކުރާކަމުގައި ވާނަމަ ހައްޤު ގެވާހަކަ ދައްކާނީ ދެވަނައަށްކަމާއި، ފުރަތަމަ ދައްކާނީ އަމިއްލަ ފަރުދީ ޒިންމާގެ ވާހަކަ ކަމަށް ވިދާޅުވިއެވެ.