19 ފެބްރުއަރީ 2018
ޒުވާނުންގެ މާދިރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް މިނިސްޓްރީ ހޯމް އެފެއާޒުން ނިންމާފައިވާ ޒުވާނުންގެ މާދިރީ (ނަމޫނާ މަޖިލީސް) އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިގޮތަށް މުއްދަތު އިތުރުކޮށްފައިވަނީ މި މަ ނަމޫނާ މަޖިލީހުގައި ބައިވެރިވުމުގެ ފުރުޞަތު ގިނަ ދަރިވަރުންނަށް ދިނުމުގެ ގޮތުންނެވެ.
 
19 ފެބްރުއަރީ 2018
މިއަދަކީ ރާއްޖޭގެ ހުރަވީ ދުވަސް
މިއަދަކީ ރާއްޖޭގެ ހުރަވީ ދުވަހެވެ. ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ހުރަވީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރެވުނީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 (18 އޭޕްރީލް 1980) ވަނަ ދުވަހުއެވެ.
 
12 ފެބްރުއަރީ 2018
މިއަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތައް ކަނޑައަޅައި އެފަރާތްތަކާއެކު ބައްދަލުވުމެއް ބާއްވައިފި
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2018 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހެވިކަމާއި ކުޅިވަރުތަކުގައި ބައިވެރިވާ ސްކޫލްތައް ކަނޑައަޅައި އެފަރާއްތަކާއެކު މިއަދު މިމިނިސްޓްރީގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
 
01 ފެބްރުއަރީ 2018
ޒުވާނުންގެ މާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޒުވާނުންގެ މަދިރީ (ނަމޫނާ މަޖިލީސް) އެއް ބޭއްވުމަށް މިނިސްޓްރީ ހޯމް އެފެއާޒުން ނިންމާ އެމަޖީލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީން މިކަމަށް އެދި އާންމުކުރި އިޢުލާންގައިވާ ގޮތުން މިމާދިރީގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮލެޖް، ޔުނިވަރސިޓީ އަދި ހައިސްކޫލްތަކުގެ ދަރިވަރުންނަށް ލިބޭނެއެވެ.
 
30 ޖެނުއަރީ 2018
ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމާ ގުޅޭ ގަވާއިދު އިޞްލާޙުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި
ނޫސްމަޖައްލާއާއި އެނޫންވެސް މިފަދަތަކެތި ރަޖިސްޓަރީކުރުމުގެ ޤަވަޢިދު އިޞްލާޙުކޮށް މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެއަށް ޢަމަލުކުރަން ފަށައިފިއެވެ. މިގަވާޢިދުގައި ނޫހާއި މަޖައްލާ އަދި އިލެކްޓްރޯނިކް މީޑިއާގެ ބައިތައް ވަކިވަކިން ފާހަގަކޮށްފައިވެއެވެ.