18 ޖޫން 2014
ނެދަރލެންޑްސް އަށާއި އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ހޯމްމިނިސްޓަރ މާލެ ވަޑައިގެންފި.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ކުއްތާ ހޯދުމާށާއި އެއާފޯޓްގައި ބޭނުންކުރުމަށް ބޮޑީޗެކްކުރާ މެޝިން ބެއްލެވުމަށް ހޯމް މިނިސްޓަރ ކުރެއްވި ދަތުރުފުޅައްފަހު ރާއްޖެވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްއަށް ޒިޔާރަތް ކުރެއްވިއެވެ.
 
18 ޖޫން 2014
ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ އިސްވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހޯމްމިނިސްޓަރ ދައުވަތު ދެއްވައިފި.
ނެދަރލެންޑްސްގެ ކޭޓަން ޑޯގް ކެނަލްގެ ސީ.އީ.އޯ މިސްޓަރ ޖެސްޕަރ ސޮކޯއިންމޭކަރސް ރާއްޖެއަށް ޒިޔާރަތް ކުރުމަށް ހޯމްމިނިސްޓަރ އުމަރު ނަޞީރު ދައުވަތު ދެއްވައިފިއެވެ. މިނިސްޓަރ އޮފް ހޯމް އެފެއާޒް މިޖޫންމަހުގެ 9 ން 16 ށް ނެދަރލެންޑްސްއަށް ކުރެއްވި ދަތުރުފުޅުގައި ނެދަރލެޑްސްގައި ކުއްތާ ގެންގުޅޭ އެންމެބޮޑު މަރުކަޒަށް ޒިޔާރަތްކޮށް މަސްތުވާތަކެތި ހޯދުމުގައި އެހީތެރިވާ ކުއްތާގެ މައުލޫމާތު ހޯއްދެވިއެވެ.
 
11 ޖޫން 2014
ޕޮޒިޓިވް ތިންކިންގ އެންޑް ޕޮޒިޓިވް އެޓިޓިއުޑް އާއިބެހޭ ޓްރޭނިންގ ކޯހެއް ބާއްވައިފި.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވެރިންނަށް ޚާއްސަކޮށްގެން ޕޮޒިޓިވް ތިންކިންގ އެންޑް ޕޮޒިޓިވް އެޓިޓިއުޑް އާއިބެހޭ ޓްރޭނިންގ ކޯހެއް ޖޫން 8 ން 10 އަށް ހޯމް މިނިސްޓްރީގައި ބާއްވައިފިއެވެ. ސިވިލްސާރވިސް ކޮމިޝަންގެ ފަރާުތުން ބޭއްވި މިކޯހުގައި ހޯމް މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސިވިލްސާރވިސްގެ އެންމެއިސް ވެރިންގެ 12 މުވައްޒަފަކު ބައިވެރިވިއެވެ.
 
10 ޖޫން 2014
ރަސްމީ ދަތުރު ފުޅެއްގައި ހޯމްމިނިސްޓަރ ނެދަރލެންޑްސްއަށް ފުރާވަޑައިގެންފި.
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އުމަރު ނަޞީރު ރަަސްމީ ދަތުރުފުޅެއްގައި ނެދަލެންޑްސްއަށް އިއްޔެ ފުރާއިވަޑައިގެންފިއެވެ. މިނިސްޓަރގެ މިދަތުރުފުޅަކީ ރާއްޖޭގެ އެއާރޕޯޓަށް ބޭނުންވާ ކުއްތާ އާއި ބޮޑީ ސްކޭނަރ މެޝިން ހޯދުމުގެ މަސައްކަތް ކުރެއްވުމެވެ.
 
01 ޖޫން 2014
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއް ބާއްވައިފި
1435 ވަނަ އަހަރުގެ ޝަހީދުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އިސްނަގައިގެން ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ މެއި 31 ވަނަ ދުވަހުގެ ހަވީރު އޮލިމްޕަހުގައެވެ.