17 އޯގަސްޓް 2016
މީޑިއާ ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚާއި ވޯޓުލާން ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަޤާމަށް މެންބަރަކަށް ހޮވުމަށް އިންތިޚާބު ބާއްވާ ތާރީޚް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާންމުކުރައްވައިފިއެވެ. މިއިންތިޚާބު އޮންނާނީ 2016 އޯގަސްޓް 26 ވާ ހުކުރުދުވަހު ހަވީރު 16:00 ން 17:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
 
17 އޯގަސްޓް 2016
ހޯމް މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބުން ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި
ހޯމް މިނިސްޓަރ އަޒްލީން އަޙުމަދާއި ހޯމް އެފެއާޒް ރިކްރިއޭޝަން ކަލްބު (ހާރކް)ގެ ހިންގާކޮމިޓީން ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ. މި ބައްދަލު ވުމުގެ މައިގަނޑު މަޤްސަދަކީ މިނިސްޓްރީގެ ރިކްރިއޭޝަން ކްލަބް، ހާރކް އިން ކުރާ މަސައްކަތާއި ބެހޭގޮތުން މިނިސްޓަރަށް މަޢުލޫމާތު އެރުވުމާއި، ކޮމިޓީގެ މެމްބަރުން މިނިސްޓަރަށް ތަޢާރަފް ވުމެވެ.
 
16 އޯގަސްޓް 2016
ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުން ޑިސެމްބަރު މަހަށް ފަސްކޮށްފި
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޑިސެމްބަރުމަހަށް ފަސްކޮށްފިއެވެ. ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރޭ އޯގަސްޓް 22 ވަނަދުވަހު އެކަން ފާހަގަކުރުމުގެ ތައްޔާރީތައް ކުރަމުން ގެންދެވިނަމަވެސް، އެކަން ސަރުކާރުން ލަސްކުރައްވާފައިމިވަނީ، ތިނަދުއަކީ، ސަރުކާރުން އެރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ރަށަކަށްވެފައި، މިފަދަ ދުވަހެއް ފާހަގަކުރާއިރު، އެމަޝްރޫޢުތައް އެއްކޮށް ނިންމާލެވިފައި ނުވާތީ، އެހާ ބޮޑު ޙަރަކާތެއް ކުރިއަށް ގެންދެވުމަށް ދަތިތަކާ ކުރިމަތިވާތީއެވެ.
 
11 އޯގަސްޓް 2016
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ ބަޔާން
 
11 އޯގަސްޓް 2016
ސިވިލް ސަރވިސް ކޮމިޝަނުން ހޯމް މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި
ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މުވައްޒަފުން ހާލަތު ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ގެންދާކަމަށް ކަމަށް އެކޮމިޝަނުން ފާހަގަކުރެއްވިއެވެ.