16 އޯގަސްޓް 2016
ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުން ޑިސެމްބަރު މަހަށް ފަސްކޮށްފި
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޑިސެމްބަރުމަހަށް ފަސްކޮށްފިއެވެ. ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރުފުރޭ އޯގަސްޓް 22 ވަނަދުވަހު އެކަން ފާހަގަކުރުމުގެ ތައްޔާރީތައް ކުރަމުން ގެންދެވިނަމަވެސް، އެކަން ސަރުކާރުން ލަސްކުރައްވާފައިމިވަނީ، ތިނަދުއަކީ، ސަރުކާރުން އެރަށުގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ރަށަކަށްވެފައި، މިފަދަ ދުވަހެއް ފާހަގަކުރާއިރު، އެމަޝްރޫޢުތައް އެއްކޮށް ނިންމާލެވިފައި ނުވާތީ، އެހާ ބޮޑު ޙަރަކާތެއް ކުރިއަށް ގެންދެވުމަށް ދަތިތަކާ ކުރިމަތިވާތީއެވެ.
 
11 އޯގަސްޓް 2016
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ ބަޔާން
 
11 އޯގަސްޓް 2016
ސިވިލް ސަރވިސް ކޮމިޝަނުން ހޯމް މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި
ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މުވައްޒަފުން ހާލަތު ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ގެންދާކަމަށް ކަމަށް އެކޮމިޝަނުން ފާހަގަކުރެއްވިއެވެ.
 
09 އޯގަސްޓް 2016
ހޯމްމިނިސްޓަރ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު މަގާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި މިމިނިސްޓްރީގައި ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މިބައްދަލުކުރެއްވުމުގައި ހުރިހާ މުވައްޒަފުންވެސް ދުވަހުން ދުވަހަށް މަސައްކަތް ނިންމެވުމަށާއި ވެރިންވެސް އެވެރިއެއްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އިޙްތިރާމާއެކު ގުޅުންބާއްވައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
 
09 އޯގަސްޓް 2016
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމުންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އިތުރު ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ. މިނިސްޓްރީން މިއަދު ނެރުއްވާފައިވާ އިޢުލާންގައިވާގޮތުން 2016 އޯގަސްޓް 16 ވަނަ ދުވަހުގެ ނިޔަލަށް މިފުރުޞަތުވަނީ ހުޅުވާލާފައެވެ.