18 މެއި 2015
ޒިންމާދާރު ގޮތެއްގައި މުޖުތަމައުގައި ޙަރަކާތްތެރިވާނެ ގޮތުގެ މަޢުލޫމާތު ސެޝަނެއް ޖަމްޢިއްޔާތަކަށް ބާއްވައިފި

ޒިންމާދާރު ގޮތެއްގައި މުޖުތަމައުގައި ޙަރަކާތްތެރިވާނެ ގޮތުގެ މަޢުލޫމާތު ސެޝަނެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން ޖަމްޢިއްޔާތަކަށް ބާއްވައިފިއެވެ.

މިމަޢުލޫމާތު ސެޝަންގައި، ޙަރަކާތްތެރި 7 ޖަމްޢިއްޔާއަކުން 9 ބޭފުޅުން އަދި ޔޫތު ލީޑާސް ނެޓްވޯކް ގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 
16 މެއި 2015
އެމާޖިން ލީޑަރސް ނަމުގައި ފޯރަމެއް ފަށައިފި

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން އެމާޖިން ލީޑަރސްގެ ނަމުގައި ފޯރަމެއް މިއަދު  ފަށައިފިއެވެ.

މިފޯރަމްގެ މަޤްޞަދަކީ ޒުވާން ލީޑަރުން އުފެއްދުމާއި އެމީހުންގެ ތެރޭގައި ގައުމިއްޔަތު އާލާކޮށް ދިރުވުމެވެ.

 
07 މެއި 2015
އާރް.ޑީ.އެމް.އޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ސުޕްރީމް ކޯޓާއި ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފި

ހދ. ކުޅުދުއްފުށީގައި ހައިކޯޓުގެ ގޮތްޕެއް ހެދުމަށްޓަކައި އާރް.ޑީ.އެމް.އޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ސުޕްރީމް ކޯޓާއި ހަވާލުކުރުމުުގެ  އެއްބަސްވުމުގައި އިއްޔެ ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އެކު ސޮއިކުރައްވާފައެވެ.

 
28 އޭޕްރީލް 2015
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބަންދުކުރާމަރުކަޒެއްގެ ގޮތުގައި ވޭމަންޑޫ ޕޮލިސްސްޓޭޝަން ހަމަޖައްސަވައި އެކަން އިޢުލާންކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެެވޭ މީހުން   ބަންދުކުރާ މަރުކަޒެެއްގެ ގޮތުގައި ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަން ހަމަޖައްސަވާ އެކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިއަދު  އިޢުލާންކުރައްވައިފިއެވެ.

މިއިޢުލާންގައިިވާ ގޮތުން، ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން މިގޮތަށް ހަމަޖެއްސެވިކަމާ،  އަދި މިތަން ހިނގަމުން ގެންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ގެދަށުންކަން ބަޔާންކޮށްފައިވެއެވެ.

 
13 އޭޕްރީލް 2015
ޔޫތު ލީޑަރސް ނެޓް ވޯކުން އިސްލާމިކް މިނިސްޓަރާއި ބައްދަލުކުރައްވައިފި

       ޔޫތު ލީޑާރސް ނެޓުވޯކުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދާ ބައްދަލުކުރައްވައިފިއެވެ. 2015 އޭޕްރީލް 8 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، އެމިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ޔޫތު ލީޑާސް ނެޓްވޯކްގެ ފަރާތުން ބައިވެރިވެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.