25 އޯގަސްޓް 2016
ޔޫ.އެން.ޑީ.ޕީގެ ބޭފުޅުންނާ ރަޖިސްޓްރާރ ބައްދަލުކުރައްވައިފިޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ ޔޫސުފް ޢަބްދުލްޣަފޫރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ.
މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
24 އޯގަސްޓް 2016
ހޯމް މިނިސްޓަރ އިނގުރައިދޫ ކައުންސިލާއި ބައްދަލުކުރައްވައިފިމިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް އަޒްލީން އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމަކީ އެރަށު ޕޮލިސް ސްޓޭޝަން ހިންގަމުން އަންނަ ރައްޔިތުން ޢިމާރާތުގެ އެއްބަސްވުން އަންނަ ސެޕްޓެމްބަރު މަހު މުއްދަތު ހަމަވާތީއާއި ކައުންސިލް އިދާރާގައި ކަތުރުފަނި އަޅާ އިމާރާތް ބޭނުންނުކުރެވޭ ޙާލަތުގައިވާތީ މިކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ ގޮތުންނެވެ.