29 ޖެނުއަރީ 2015
އަމާން ރަށްވެހި މިނަމުގައި ހޯމް މިނިސްޓްރީން ވޯކްޝޮޕެއް ފަށައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ފަރާތުން އިސްނަގައިގެން އަމާން ރަށްވެހިކަން މިނަމުގައި ވޯކްޝޮޕެއް ފުވައްމުލަކުގައި ފަށައިފިއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިވޯކްޝޮޕް ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަހުމަދު ޞިއްދީގެވެ.

 
27 ޖެނުއަރީ 2015
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން ޏ.ފުވައްމުލަކުގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓްގައި ހިމެނޭ މަސައްކަތުގެ ތެރެއިން އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ހިމެނިފައިވާތީ އެމަސައްކަތުގެ ތެރެއިން މިއަހަރު ރާއްޖޭގެ އެކި އަތޮޅުތަކުގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
 
28 ޑިސެމްބަރ 2014
ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަށް އަލުން ރީ ރަޖިސްޓްރީ ކުރުމަށް ދެވަނަފުރުސަތަކަށް ހުޅުވާލުން
......
 
03 ޑިސެމްބަރ 2014
މީޑީއާ ކައުންސިލް އިންތިޚާބަށް ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓް
......
 
02 ޑިސެމްބަރ 2014
މީޑިއާ ކައުންސިލް އިންތިޚާބުގައި އެއްވަރުވި ފަރާތްތަކުގެ މެދުގައި ވޯޓުލުން ޑިސެމްބަރ މަހު ތިންވަނަ ދުވަހު ބާއްވާގޮތަށް ހަމަޖައްސަވައިފި

މޯލްޑިވްސް މީޑިއާކައުންސިލް އިންތިޚާބުގެ އެއްވަރުވި ފަރާތްތަކުގެ މެދުގައި ވޯޓުލުން 2014 ޑިސެމްބަރ މަހު 3 ވަނަ ދުވަހު ބާއްވާގަޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހަމަޖައްސަވައިފިއެވެ.

މިއިންތިޚާބަކީ 20 ނޮވެމްބަރ 2014 ވީބުރާސްފަތި ދުވަހު ބޭއްވުނު މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި މީޑިއާތަކުން ހޮވަންޖެހޭ 8 ކެންޑިޑޭޓުން ހޮވުމުގައި އެއްވަރުވި 5 ކެންޑިޑޭޓުންގެ މެދުގައި 2014 ޑިސެމްބަރު 1 ވަނަ ދުވަހު ބޭއްވި ވޯޓުލުމުގައި  ދެ ކެންޑިޑޭޓަކަށް އެއްވަރަކަށް ވޯޓު ލިބުމާއި ގުޅިގެންނެވެ.