27 ޑިސެމްބަރ 2015
ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިއަދު ބާއްވައިފި
ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިއަދު ބާއްވައިފިއެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިޖަލްސާ ފެށިގެން ދިޔައީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ. އެއަށްފަހު 2004 ވަނަ އަހަރު ޑިސެމްބަރު މަހު 26 ވަނަދުވަހު، ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާގައި، ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާނުގައި 1 މިނިޓްގެ ސުކޫތެއް ގެނެވުނެވެ.
 
24 ޑިސެމްބަރ 2015
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހު އޮންނާނެ
މިއަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގައެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު އާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް އަދި މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަހްމަދު މުޙައްމަދު ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.
 
21 ޑިސެމްބަރ 2015
އަލް މަރްހޫމް ޢަލީ އުމަރު މަނިކުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ހޯމް މިނިސްޓަރ ސިންގަޕޫރަށް ފުރާވަޑައިގެންފި
މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް ޢުމަރު ނަޞީރު، ރައީސުލް ޖުމުހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އަލް މަރްހޫމް ޢަލީ އުމަރު މަނިކު (ކޮލި އަލިމަނިކު)ގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރޭގެ ވަގުތެއްގައި ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ.
 
17 ޑިސެމްބަރ 2015
Ministers statement regarding former President Mohamed Nasheeds medical treatment
......
 
17 ޑިސެމްބަރ 2015
"ކަޅުއޮށްފުންމި" މާލެގެނައުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ
މިނިވަން 50 އާއި ގުޅިގެން ބަނދެފައިވާ އޮޑި " ކަޅުއޮށްފުންމި" މާލެ ގެނައުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ. ހއ އުތީމުން ފުރައިގެން ރިޔަލުގައި އަންނަ މި އޮޑި މާލޭ ފަޅަށް ވަންނާނޭކަމަށް ބެލެވެނީ ހުކުރު ދުވަހު ހަވީރު އެވެ.