13 މާރޗް 2016
"އައި.އެސް.ޑީ.ބީ-ޓީ ސެމިނަރ އިން މޯލްޑިވްސް" ގެ ނަމުގައި ސެމިނާރ އެއް ބާއްވައިފި
ރާއްޖޭގައި ޑިޖިޓަލް ޓެލެވިޜަން ބްރޯޑްކާސްޓިންގް ނެޓްވަރކް އެއް ޤާއިމުކުރުމަށް ޚިޔާރުކުރެވިފައިވާ އައި.އެސް.ޑީ.ބީ-ޓީ ސްޓެންޑަރޑް އާއި ބެހޭގޮތުން ސެމިނާރ އެއް ރާއްޖޭގައި ބާއްވައިފިއެވެ. މިއަދު މެންދުރު ފަހު ބަނޑޮސް އައިލްންޑް ރިސޯޓްގައި ބޭއްވުނު މި ސެމިނާރ އަކީ ރާއްޖޭގައި ގާއިމު ކުރެވޭ ބްރޯޑްކާސްޓިންގް ނެޓްވަރކް ގައި ޖަޕާނުގެ އައި.
 
13 މާރޗް 2016
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލަކުގައި ބާއްވައިފި
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ޏ. ފުވައްމުލަކުގައި ބާއްވައިފިއެވެ. މިޖަލްސާ އޮތީ ހުރަވީ ދުވަސްކަމުގައިވި ޖުމާދަލް އާޚިރާމަހުގެ 3 ވީ ހޮނިހިރު ދުވަހު ފުވައްމުލަކު އަތޮޅު ތަޢްލީމީ މަރުކަޒުގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރެވެ.
 
10 މާރޗް 2016
ނެޝަނަލް "ކެޓް" އެންޓް "އޮޕްކެޓް" ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގި "ސެންސިޓައިޒޭޝަން އެންޑް އޮރިއެންޓޭޝަން" ޕްރޮގްރާމްގައި މިނިސްޓްރީގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި
ނެޝަނަލް "ކެޓް" އެންޓް "އޮޕްކެޓް" ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން "ސެންސިޓައިޒޭޝަން އެންޑް އޮރިއެންޓޭޝަން" ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަމް އޮފް ދި މޯލްޑިވްސްއިން ޕްރޮގްރާމެއް، 09 މާރޗް 2016 ވަނަ ދުވަހު ދަރުބާރުގޭގައި ފަށައިފިއެވެ.
 
09 މާރޗް 2016
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފުވައްމުލަކުގައި
ހުރަވީ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޏ. ފުވައްމުލަކުގައެވެ. މިޖަލްސާ އޮންނާނީ މިއަހަރުގެ ހުރަވީ ދުވަސްކަމުގައިވާ 3 ޖުމާދަލްއާޚިރާ 1437 ،12 މާޗް 2016 ވާ ހޮނިހިރު ދުވަހުއެވެ.
 
09 މާރޗް 2016
ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މިމިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި
ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މާރޗް 6 ން 10 ށް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާޙިމް ހަމީދާއި މިނިސްޓްރީގެ ސިވިކް އެޑިއުކޭޝަން އެންޑް ކޮމިއުނިޓީ ޕާޓްނާރޝިޕް ސެކްޝަނުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.