24 ޖުލައި 2017
މިއަހަރުގެ ފުރަތަމަ ހަމަސްދުވަހު 67 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފި
މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި 67 ޖަމްޢިއްޔާ ރަޖިސްޓްރީކޮށްފިއެވެ. މިޖަމްޢިއްޔާތަކުގެ މަޤްސަދަކީ އިޖްތިމާއީ ކަންކަމާއި ތަރައްޤީގެ މަސައްކަތްތަކާއި ކުޅިވަރު އަދި ދީނީ ހަރަކާތްތައް ހިންގުމުގެ ގޮތުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތަކެވެ.
 
18 ޖުލައި 2017
ޑްރެސް ރިހާސަލަށް ފާސްދޫކުރަން މާދަމާ ފަށާނެ
މިއަހަރުގެ މިނިވަންދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ޑްރެސް ރިހާސަލް 2017 ޖުލައި 24 ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރެސް ރިހާސަލް ބައްލަވާލެއްވުމަށް ގަލޮޅު ދަނޑަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް ފާސްދޫކުރުން 2017 ޖުލައި 19، 20، 22، 23 މިދުވަސްތަކުގެ މެންދުރު 13:00 ން ފެށިގެން ހަވީރުގެ 18:30 ގެ ނިޔަލަށް ވެލާނާގޭ ތިރީގައި ކުރިއަށް ދާނެއެވެ.
 
18 ޖުލައި 2017
ހޯމްމިނިސްޓްރީން ނޭޝަނަލް ސެންޓަރ ފޯ ދިއާޓްސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި 2017 ޖުލައި 26 ވަނަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތުގައި މަރްޙަބާ ދެންނެވުމުގެ ގޮތުން އައިޓަމެއް ތައްޔާރުކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯރ ދި އާޓްސްއާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އެމް.
 
13 ޖުލައި 2017
8 ވަނަ ސާކް ހޯމް މިނިސްޓަރސް ބައްދަލުވުން އިފްތިތާހްކޮށްފި
8 ވަނަ ސާކް ހޯމްމިނިސްޓަރސް ބައްދަލުވުން މިއަދު އިފްތިތާހްކޮށްފިއެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު މުސާ ފަތުހީ އާދަމާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދު ބައިވެރިވެވަޑައިގެންނެވިއެވެ.
 
12 ޖުލައި 2017
ސާކް ހޯމް މިނިސްޓަރސް އަދި ހޯމް ސެކްރެޓަރީސްގެ 8 ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ
ސާކް އިންޓީރިއާ ހޯމް މިނިސްޓަރސް / ހޯމް ސެކްރެޓަރީސްގެ 8 ވަނަ ބައްދަލުވުން މިއަދު ފެށޭނެއެވެ. ދެދުވަހުގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބާއްވާ މިބައްދަލުވުމުގައި މިނިސްޓްރީން ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު މުސާ ފަތުހީ އާދަމާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިބްރާހީމް ޙަމީދުއެވެ.