26 ޖެނުއަރީ 2016
މީޑިއާތަކަށް އަމާޒުކޮށްގެން މުޖްތަމަޢުގައި ޒިންމާދާރު ގޮތެއްގައި މީޑިޔާ ޙަރަކާތްތެރިވުމާ ބެހޭގޮތުން މަޢުލޫމާތު ސެޝަނެއް ހޯމް މިނިސްޓްރީން ބާއްވައިފި
އަމާށްވެއްޓެއް ޤާއިމުކުރުމަށްޓަކައި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން، މީޑިއާތަކަށް އަމާޒުކޮށްގެން މުޖްތަމަޢުގައި ޒިންމާދާރު ގޮތެއްގައި މީޑިޔާ ޙަރަކާތްތެރިވުމާ ބެހޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ސެޝަނެއް މިނިސްޓްރީން އޮފް ހޯމްއެފެއާޒުން ޖެނުއަރީ 25 ވަަނަ ދުވަހުގެ ރޭ ބާއްވައިފިއެވެ.
 
25 ޖެނުއަރީ 2016
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ ފަރާތުން މިމިނިސްޓްރީގެ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވައިފި
މި ބައްދަލު ވުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑު (އެމް އެޗް ސީ އެލް) ފަރާތުން ޙައްޖަށް ދިއުމަށް ޝައުގުވެރިވާ، ވަޒީފާ އަދާކުރައްވަމުން ގެންދަވާ ފަރާތްތަކަށް އެމް އެޗް ސީ އެލްގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ.
 
25 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ނިމިއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ބޭއްވި ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ނިމިއްޖެއެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަހާސިންތާގައި ޖަމްޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ހުށަހެޅުނެވެ.
 
24 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއަކަށް
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ބާއްވަމުންގެންދާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާގައި މަޝްވަރާކުރެވުނީ ތިންދާއިރާއެއްގެ މައްޗަށެވެ.
 
23 ޖެނުއަރީ 2016
ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ފަށައިފި
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ޔޫ.އެން.ޑީ.ޕީން ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ މިއަދު ހެނދުނު 9 ޖެހިއިރު ދަރުބާރުގޭގައި ފަށައިފިއެވެ.