03 އޭޕްރީލް 2017
ޔޫތު ލިޑާރސް ފޯރަމް އައްޑޫގައި ބާއްވައިފި
މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ މަސްއޫލިއްޔަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ޔޫޓުލީޑާސް ފޯރަމެއް ބާއްވައިފިއެވެ. މިފޯރަމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރގެ ނާއިބު މުޙައްމަދު ޠަލާލްއެވެ.
 
30 މާރޗް 2017
ޔޫތު ލިޑާރސް ފޯރަމެއް އައްޑޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެ
މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމުގެ ގޮތުން ހޯމް މިނިސްޓްރީއާއި ޔޫތު ލީޑާސް ނެޓްވޯކާއި ގުޅިގެން ފޯރަމެއް އޭޕްރީލް 1 ވަނަ ދުވަހު ބޭވުމަށް ވަނީ ހަމަޖެހިފައެވެ.
 
20 މާރޗް 2017
މިނިވަން ފަންސާހާ ގުޅިގެން ހިންގި ޙަރަކާތްތަކާ ގުޅިގެން ހޯމް މިނިސްޓަރ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައިފި
މިނިވަން ފަންސާހުގެ ކަންތައްތަކާ ގުޅިގެން ހިނގާދިޔަ ބައެއް އިވެންޓްތައް ރޭވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތައް ކުރެވިފައިކަމަށް އޭސީސީއަށް ތުހުމަތު ކުރެވޭތީ މިކަމާ ގުޅިގެން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދު ވަނީ މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވައިފިއެވެ.
 
08 މާރޗް 2017
ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި
ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފިއެވެ. ދިވެހި ޤައުމީ ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒެވެ. މި އުޞޫލުގެ މަޤްޞަދަކީ، ދިވެހި ޤައުމީ ދިދައިގެ ޝަރަފާއި ޢިއްޒަތް ހިފެހެއްޓޭފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމެވެ.
 
08 މާރޗް 2017
ހާކްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި
ހޯމްއެފެއާޒު ރެކްރިއޭޝަން ކްލަބް (ހާކް) ގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ފާހަގަކޮށްފިއެވެ. އެގޮތުން މިދުވަހާއި ގުޅޭގޮތުން ކޭކެއްފެޅުމާއި އަދި އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް މަލެއް ހަދިޔާކުރުން އޮތެވެ.