08 ޑިސެމްބަރ 2015
ނ. މަނަދޫ ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި
ނ. މަނަދޫ ކައުންސިލްގެ ބޭފުޅުންނާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި ޑިސެމްބަރ 7 ވަނަ ދުވަހު ބޭއްވި މިބައްދަލުކުރެއްވުމަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކާ ބެހޭގޮތުންނާއި ކައުންސިލްގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކޮށްލުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.
 
07 ޑިސެމްބަރ 2015
އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާ މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމަކީ ފޯރަމް އޮފް އިލެކްޝަން މެނޭޖްމަންޓް ބޮޑީސް އޮފް ސައުތު އޭޝިއާ (ފެމްބޯސާ) ގެ 7 ވަނަ ބައްދަލުވުން 2016 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭޭއްވުމަށް މެމްބަރު ޤައުމުތަކުން ނިންމާފައިވާތީ، ބައްދަލުވުން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައްކޮށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާކޮށް ހަމަޖައްސަން ޖެހޭ އިންތިިޒާމްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
 
03 ޑިސެމްބަރ 2015
ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ޖޯގްރަފިކް ޑެޕިއުޓީ ޑިރެކްޓަރާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި
ގްލޯބަލް އެފެއާޒް، ކެނެޑާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފަޔާޒް މަންޖީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފި އެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި، މިހާރު ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ހިނގަމުންދާ ތަފާތު ކަންކަމާއިގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
 
02 ޑިސެމްބަރ 2015
ހއ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އަތޮޅު ތަރައްޤީއަށް ކުރުމަށް ރާއްވަވާފައި ހުރި ކަންތައްތަކާއި، ކައުންސިލްއަށް ދިމާވެފައިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
 
02 ޑިސެމްބަރ 2015
އޭޖީއޮފީހާއެކު ހޯމް މިނިސްޓްރީން ބައްދަލުވުމެއް ބާއްވައިފި
އެޓާނީ ޖެނެރަލްގެ އޮފީހާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުމަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސްމަޖައްލާ އޮންލައިން ވެބްސައިޓް އަދި މިނޫންވެސް މީޑިއާތަކާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާ ރައްދުވާ ފަރާތަކީ ޤާނޫނީ ޝަޚްޞެއް ނޫންކަމުން މިފަދަ މައްސަލަތައް ބެލުމަށް ދަތިތަކެއް ދިމާވެ، މައްސަލަ ހުށަހަޅާ ފަރާތުގެ ޙައްޤު ގެއްލިގެންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރުން މިހާރަށް ކުރެވޭނެ ކަންތައްތަކާއި މެދު މަޝްވަރާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.