17 ނޮވެމްބަރ 2015
ކްލަބް ޖަމްޢިއްޔާތަކަށް ބާއްވާ ޤައުމީ ފޯރަމް ފަސްކޮށްފި
ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާ، ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ ފޯރަމް، ބާއްވާ ތާރީޚު ޖަމްޢިއްޔާތަކުގެ އެދުމުގެ މަތިން ހޯމް މިނިސްޓްރީން ފަސްކޮށްފިއެވެ.
 
15 ނޮވެމްބަރ 2015
އެޑްވައިޒަރ އެންޑް ހެޑް އޮފް އޭޝިޔާ އާއި ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
އެޑްވައިޒަރ އެންޑް ހެޑް އޮފް އޭޝިޔާ މިސްޓަރ ސައިމަން ގިމްސަންއާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދަތުފުޅުކުރެއްވި ލޯންޗް ގޮއްވާލުމާ ޙާދިސާއާއި ގުޅޭގޮތުންނާއި އަދި މިކަމާ ގުޅިގެން ރާއްޖޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ހޯމް މިނިސްޓަރ މަޢުލޫމާތު ދެއްވިއެވެ.
 
09 ނޮވެމްބަރ 2015
ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި އޮންނާނެ
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. މިޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި ޝަރަފުގެ މެޑެލް އެރުވުން އޮންނާނެއެވެ.
 
09 ނޮވެމްބަރ 2015
ސަޢުދީ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި
ސަޢުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރު ޢަލީ އަލް ކަހައިލް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ސަޢޫދީ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވާތީ، އެތަނުގެ ސެކިއުރިޓީ ކަންތައްތައް ހަމަޖައްސައި ދިނުމާއި ގުޅޭގޮތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް ތަމްރީނު ދިނުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
 
05 ނޮވެމްބަރ 2015
ނޫސް ބަޔާން
......