25 ފެބްރުއަރީ 2016
މިލަންދޫ ދާއިރާގެ މެމްބަރު ހޯމްމިނިސްޓަރާއި ބައްދަލު ކުރައްވައިފިމިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރު މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އެލްޖީ އޭގެ ރައީސް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު މެންދުރު ހޯމްމިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މިލަންދޫ ދާއިރާގެ މެމްބަރުގެ އިތުރުން ށ.
25 ފެބްރުއަރީ 2016
މިނިސްޓްރީގެ ވަފްދެއް ކުޅުދުއްފުށްޓަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިމިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވަފްދެއް ހދ. ކުޅުދުއްފުށްޓަށް ދަތުރުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މިމަހުގެ 25 ން 28 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގެ މަޤްޞަދަކީ ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ނޮދަން އޮފީސް ކޮމްޕްލެކްސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކަންތައްތައް ބެލުމާއި އިދާރީ އެހެނިހެން ކަންތައްތައް ބެލުމެވެ.
24 ފެބްރުއަރީ 2016
ސަޢުދީ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރު ޢަލީ އަލް ކަހައިލް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސަޢޫދީ އެމްބަސީގެ ސެކިއުރިޓީ ކަންތައްތައް ހަމަޖައްސައި ދިނުމާއި އަދި ސަޢުދީ ސަފީރަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
24 ފެބްރުއަރީ 2016
އޭޝިއާ ފައުންޑޭޝަންގެ އެކްސްޕާރޓަކާއި ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފިއޭޝިއާ ފައުންޑޭޝަންގެ ފަރާތުން ކޮމިއުނިޓީ ޕޮލިސިންގ އެކްސްޕަރޓެއް ކަމަށްވާ މރ. ޓޮޑް ވަސޭލް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލު ވުމަކީ އޭޝިއާ ފައުންޑޭޝަންގެ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިންގައިދިނުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްގެ ދަށުން ކޮމިއުނިޓީ ޕޮލިސިންގ ގެ ރެޕިޑް އެސެސްމެންޓް އެއް ހެދުމަށް ހަމަޖެހިފައިވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.