28 ފެބްރުއަރީ 2017
ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢު އިފްތިތާޙު ކޮށް ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ
ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙް އުފައްދައި އާލާކުރުމުގެ މަޝްރޫޢު އިފްތިތާޙް ކުރުން ޖުމްހޫރީ މައިދާނުގައި މާދަމާރޭ (01 މާރިޗް 2017) 09:00 ގައި އޮންނާނެއެވެ. މިއީ ރަޢީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައިވާ މަޝްރޫޢުއެކެވެ.
 
23 ފެބްރުއަރީ 2017
ދ. އަތޮޅު ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި
ދ. އަތޮޅު ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި މިއަދު ބާއްވައިފިއެވެ. މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ.
 
12 ފެބްރުއަރީ 2017
ހޯމް މިނިސްޓަރ ގދ. އަތޮޅަށް ދަތުރުފުޅެއް ފަށްޓަވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް އަޒްލީން އަޙްމަދު ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކަށް ދަތުރުފުޅެއް ކުރައްވަމުން އެބަގެންދަވައެވެ. އެމަނިކުފާނުގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ތިނަދޫއަށެވެ.
 
04 ފެބްރުއަރީ 2017
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުގެ މަގާމަށް ޢަލީ ޔޫސުފް ހޮވިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މީޑިއާގެ މެންބަރުގެ މަގާމަށް ރާއްޖެ ޓީވީގެ ޢަލީ ޔޫސުފް ހޮވިއްޖެއެވެ. ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި މިއިންތިޚާބުގައި ވާދަކުރެއްވީ 2 ކެނޑިޑޭޓުންނެވެ. އެއީ ރާއްޖެ ޓީވީގެ ޢަލީޔޫސުފާއި ޗެނަލް 13 ގެ މުޙައްމަދު ނިޔާޒުއެވެ.
 
30 ޖެނުއަރީ 2017
މުލަކު އަތޮޅު "ފާންތަރި" އެވޯޑު ހަފްލާ ބާއްވައިފި
މުލަކު އަތޮޅު "ފާންތަރި" އެވޯޑް ހަފްލާ ބާއްވައިފިއެވެ. މިހަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދެވެ. މިހަފްލާއަކީ މުލަކުއަތޮޅުގެ ތަފާތު ދާއިރާތަކުގެ ޚިދުމަތްތެރީންނަށް އެވޯޑްދިނުމަށް މިޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ބޭއްވުނު ހަފްލާއެކެވެ.