24 ނޮވެމްބަރ 2016
މީޑިއާ ކައުންސިލްގެ އިންތިޚާބު ޑިސެމްބަރ ދެ ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މީޑިއާ ކައުންސިލްގެ ދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2016 ޑިސެމްބަރު 02 ވަނަ ދުވަހު ހަވީރު 16:15 ން 17:15 ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ގައި އޮންނާނެއެވެ.
 
15 ނޮވެމްބަރ 2016
ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢުގައި ސޮއިކުރުން ބާއްވައިފި
ހއ. ދިއްދޫ ޤަބުރުސްތާނު ވަށާފާރު ރޭނުމުގެ މަޝްރޫޢު ފިޔަވަހި 1 ގައި ސޮއިކުރުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ބާއްވައިފިއެވެ. މިނިސްޓްރީގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު އެވެ.
 
08 ނޮވެމްބަރ 2016
ހޯމް މިނިސްޓަރ ވިލިގިނލި ކައުންސިލާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢަޒްލީން އަޙުމަދު ހުވަދުއަތޮޅު އުތުރުބުރި ވިލިގިނލި ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ރަސްމީކޮށް ޤައުމީ ދުވަސް ފާހަގަކުރާ ރަށެއްގެ ގޮތުގައި ގއ.
 
07 ނޮވެމްބަރ 2016
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ސަރުކާރުން ދެއްވައިފި
ޖަމްޢިއްޔާތައް ކުރިއަރުވާ ބާރުވެރިކޮށް، ރާއްޖޭގެ ތަރައްޤީގައި ހިމެނޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން 13 ޖަމްޢިއްޔާއަކަށް 2.2 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ސަރުކާރުން ދެއްވައިފިއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުލުވާލި ފުރުޞަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 128 ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ.
 
03 ނޮވެމްބަރ 2016
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފުލިދޫގައި ބާއްވައިފި
ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ފެލިދެ އަތޮޅު ފުލިދޫގައި މިއަދު ބާއްވައިފިއެވެ. މިޖަލްސާ އޮތީ ވ. އަތޮޅު މަދުރަސާގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަޒްލީން އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ޤައުމުދެކެލޯބިވާ ޒިންމާދާރު ރައްޔިތެއް އުފެއްދުމަށްޓަކައި އެދަރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ އޮތް އިންދަންޖެހޭ ކަމަށާއި އަޅުގަނޑުމެންގެ މުޅިވެށްޓަކީ އިސްލާމްދީނަށް ލޯބިކުރާ ދިވެހިބަހާއި އާދަކާދަތަކާއި ސަގާފަތަށް އަހުލުވެރި ވެއްޓަކަށް ހަދަންޖެހޭ ކަމަށް ވިދާޅުވެ މިކަންކަން ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ކިޔާ ބަލައި އެއިން ޢިބުރަތް ލިބިގަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.