23 ނޮވެމްބަރ 2019
މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގަމަށް މުޙައްމަދު ޔާމީން އިބްރާހީމް ހޮވިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް އަލްފާޟިލް މުޙައްމަދު ޔާމީން އިބްރާހީމް، ދަފްތަރު ނަންބަރު ރސ 11830 އިންތިޚާބުކޮށްފިއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ބޭއްވި މިއިންތިޚާބުގައި ވާދަކުރެއްވީ 2 ކެންޑިޑޭޓުންނެވެ.
 
22 ނޮވެމްބަރ 2019
މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ ޢާންމު މެންބަރު އިންތިޚާބު ކުރުން މާދަމާ އޮންނާނެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މަގާމަށް ޢާންމު މެންބަރެއް އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން މާދަމާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ. މި އިންތިޚާބުގައި ވޯޓްލުން ކުރިއަށްގެންދާނީ މާދަމާ (2019 ނޮވެމްބަރ 23) މެންދުރުފަހު 02:00 ން 03:00 އަށެވެ.
 
20 ނޮވެމްބަރ 2019
މާލޭ ޖަލު އެނެކްސް 1 މަރާމާތަށްފަހު އަލުން ހުޅުވައިފި
މާލޭ ޖަލު އެނެކްސް އެކެއް މަރާމާތަށްފަހު އަލުން ހުުޅުވައިފިއެވެ. މަރާމާތަށްފަހު އަލުން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒު ޢިމްރާން ޢަބްދުﷲއެވެ. މަރާމާތަށްފަހު އަލުން ހުޅުވީ އިންސާނީ ކަރާމާތާއި، ޝަރަފާ އެކަށީގެންވާ މިންވަރަކަށް ހާލަތު ބަދަލުކުރުމަށްފަހުއެވެ.
 
18 ނޮވެމްބަރ 2019
މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ ޢާންމު މެންބަރު އިންތިޚާބު ކުރުން ނޮވެމްބަރ 23 ވަނަދުވަހު
މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ ޢާންމު މެންބަރު އިންތިޚާބުކުރުމަށް ބާއްވާ ވޯޓުލުން 2019 ނޮވެމްބަރ 23 ވަނަދުވަހު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ. މިއިންތިޚާބަށް ކުރިމަތިލެއްވީ 03 ބޭފުޅުންނެވެ.
 
17 ނޮވެމްބަރ 2019
އޮފިސަރުންނަށް ދެވޭ ހުނަރާ ތަމްރީނަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިއަދުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް- ހޯމް މިނިސްޓަރ
އޮފިސަރުންނަށް ދެވޭ ހުނަރާ ތަމްރީނަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިއަދުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސގެ 23 ވަނަ އަސާސީ ތަމްރީނި ޕްރޮގްރާން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
 
|< < 1 2 3 4 5 6 7 8 9 10 > >|