07 ނޮވެމްބަރ 2017
މި ސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށްވަނީ ހަމަޖެހިފައި
މިސަރުކާރަށް 4 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރޭ 8:45 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ހެންވޭރު ކާނިވާ ސަރަޙައްދުގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
 
06 ނޮވެމްބަރ 2017
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގެ ސްކޫލް މަދަރުސާތަކުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގެ ސްކޫލް މަދަރުސާތަކުގައި ތަފާތު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ސްކޫލްތަކުގައި ދުވަހާގުޅޭ ޚާއްޞަ އެސެންބްލީތަކާއި، އަދަބީ ބައެއް މުބާރާތްތަކާއި، އަދި ޤައުމީ ދިދަ ކުރެހުން ފަދަ ކަންތައްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
 
05 ނޮވެމްބަރ 2017
މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި އެމް.އެން.ޑީ.އެފް ގުޅިގެން "ބޭސިކް ފަޔަރ އެވެއަރނެސް ޕްރޮގްރާމްއެއް" ބާއްވައިފި
މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމާއި ގުޅޭގޮތުން މިނިސްޓްރީގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން "ބޭސިކް ފަޔަރ އެވެއަރނެސް ޕްރޮގްރާމްއެއް" މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން ބާއްވައިފިއެވެ.
 
03 ނޮވެމްބަރ 2017
މިއަދަކީ ނަޞްރުގެ ދުވަސް
މިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. އާދެ 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް ޖަމާޢަތް) ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއެކެވެ.
 
01 ނޮވެމްބަރ 2017
ނަޞްރުގެ ދުވަހުގެ ޖަލްސާ ނޮވެމްބަރ 6 ގައި ނުބާއްވާގޮތަށް ވަނީ ހަމަޖެހިފައި
......