08 މާރޗް 2017
ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި
ދިވެހި ޤައުމީ ދީދަ ބޭނުންކުރުމާ ގުޅޭ އުސޫލު ދިވެހިސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢުކޮށްފިއެވެ. ދިވެހި ޤައުމީ ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒެވެ. މި އުޞޫލުގެ މަޤްޞަދަކީ، ދިވެހި ޤައުމީ ދިދައިގެ ޝަރަފާއި ޢިއްޒަތް ހިފެހެއްޓޭފަދަ ގޮތެއްގައި ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި ދިދަ ބަހައްޓަންވީގޮތް އަދި ބޭނުންކުރުމުގައި ގެންގުޅެންވީ ހަމަތަކާއި މިންތައް ބަޔާންކުރުމެވެ.
 
08 މާރޗް 2017
ހާކްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި
ހޯމްއެފެއާޒު ރެކްރިއޭޝަން ކްލަބް (ހާކް) ގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ފާހަގަކޮށްފިއެވެ. އެގޮތުން މިދުވަހާއި ގުޅޭގޮތުން ކޭކެއްފެޅުމާއި އަދި އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް މަލެއް ހަދިޔާކުރުން އޮތެވެ.
 
07 މާރޗް 2017
ތަރިކަ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި
ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު ޢާލާކުރުމުގެ މަޝްރޫޢު ތަރިކަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިފްތިތާޙްކޮށްދެއްވައިފިއެވެ. މިމަޝްރޫޢު އިފްތިތާހް ކޮށްދެއްވީ މިކަމަށްޓަކައި ދަރުބާރުގޭގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
 
06 މާރޗް 2017
ދިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމާ ގުޅޭގޮތުން ބާއްވާ ޖަލްސާއާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވައިފި
ިވެހިންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އާލާކުރުމުގެ މަޝްރޫޢު އިފްތިތާހް ކުރުމާއި ގުޅޭގޮތުން ބާއްވާ ޖަލްސާއާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނޫސްކޮންފަރެންސެއް ބާއްވައިފިއެވެ.
 
05 މާރޗް 2017
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފި
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ އޮތީ ހުރަވީ ދުވަސްކަމުގައިވި ޖުމާދަލް އާޚިރާމަހުގެ 3 ވީ ބުރާސްފަތި ދުވަހުގެރޭ އިސްލާމީ މަރުކަޒުގައެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ސަޢީދުއެވެ.