31 އޯގަސްޓް 2016
އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި
އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ބްރައިސް ހަޗަސަން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙުމަދާއި ބައްދަލު ކުރައްވައިފިއެވެ. ހައިކޮމިޝަނަރގެ އަރިހުގައި ވަޑައިގަތީ އޮސްޓްރޭލިއަން ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ނިކޮލަސް ބާރނެޓެވެ.
 
30 އޯގަސްޓް 2016
ވޮލީބޯލް އެސޯސިއޭޝަނާއި ބާސްކެޓްބޯލް އެސޯސިއޭޝަން ގެ އިންތިޚާބު ގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި
މައްސަލަ ޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ 5 މެންބަރުން ހިމެނޭ ވަގުތީ ކޮމިޓީއެއް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އެކުލަވާލައިފިއެވެ.
 
26 އޯގަސްޓް 2016
މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް މުޙައްމަދު ޙައްސާނު ހޮވިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ ޢާންމު މެންބަރުގެ މަގާމަށް މުޙައްމަދު ޙައްސާން ހޮވިއްޖެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި މިއަދު ބޭއްވި މިއިންތިޚާބުގައި ވާދަކުރެއްވީ 2 ކެނޑިޑޭޓުންނެވެ.....
 
25 އޯގަސްޓް 2016
ޔޫ.އެން.ޑީ.ޕީގެ ބޭފުޅުންނާ ރަޖިސްޓްރާރ ބައްދަލުކުރައްވައިފި
ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ ޔޫސުފް ޢަބްދުލްޣަފޫރާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި، ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް ގާބިލްކަން އިތުރު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
 
25 އޯގަސްޓް 2016
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓްލުން މާދަމާ އޮންނާނެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ހުސްވެފައިވާ އާންމު މެންބަރުންގެ ތެރެއިން މެންބަރުކަމުގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ ވޯޓުލުން 2016 އޯގަސްޓް 26 ވާ ހުކުރުު ދުވަހު 16:00 ން 17:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޮންނާނެއެވެ.