02 ޖޫން 2016
ފުޑް އެންޑް ބެވަރޭޖަސް ޝޯ ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފި
ާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޑް އެންޑް ބެވަރޭޖަސް ޝޯ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު މިއަދު ހުޅުއްވައި ދެއްވައިފިއެވެ. ހައިރައިޒް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 3 ދުވަހުގެ މުއްދަތަށް އާޓްގެލެރީގައި ބާއްވާ މިޝޯ ހުޅުއްވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ އެފްއެންޑްބީ ވިޔަފާރި އަކީ ރާއްޖޭގެ ޓޫރިޒަމާ އެންމެ ބޮޑަށް ގުޅިފައިވާ އެއް ވިޔަފާރި ކަމަށާއި މިފަދަ ޝޯއަކުން އެ ވިޔަފާރިތައް ކުރިއަރުވައި، އެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ މެދުގައި ވާދަވެރި މާހައުލެއް އުފެދި، ކުންފުނިތައް ކުރިއަރުވަން ފުރުސަތު ލިބޭނެ ކަމަށެވެ.
 
01 ޖޫން 2016
ދީނީ ނަޞޭޙަތާއެކު މާހެފުން ބާއްވައިފި
މިނިސްޓްރީގެ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ މާހެފުން ބާއްވައިފިއެވެ. މިއަދު މިނިސްޓްރީގެ އޮފް ހޯމްއެފެއާޒުގައި ބޭއްވި މާހެފުން ބޭއްވުނީ އެހެން އަހަރުތަކާ ޚިލާފަށް ރަމަޟާންމަހާ ގުޅޭގޮތުން ދީނީ ނަޞޭޙަތް ދިނުމަށްފަހުއެވެ.
 
01 ޖޫން 2016
ހޯމް މިނިސްޓަރ ލ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި
މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ލ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ލ.
 
31 މެއި 2016
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާއަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
އެންޖީއޯ ސްމޯލް ގްރާންޓް ޕްރޮގްރާމްގެ ދަށުން އެހީއަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމަށް ވީހާވެސް ގިނަ ޖަމްޢިއްޔާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން މުއްދަތު އިތުރުކޮށްފިއެވެ. މިކަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ވަނީ މިހާރު އިޢުލާންކޮށްފައެވެ.
 
29 މެއި 2016
މީދޫ ޕޮލިސް ސްޓޭޝަން ހޯމް މިނިސްޓަރ ހުޅުއްވައިދެއްވައިފި
މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ދ. މީދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައިފިއެވެ. މިއަދު ހަވީރު ދ. މީދޫގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތް 2017 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދްމަތް ފަށައި، ފުލުހުން ތިބޭގޮތަށް ހަމަޖައްސަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައެވެ.